ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ،

ފުލުހުން މިއަދު ބުނީ އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިއަހަރުގެ އެޕްރީލް މަހުގެ 14 ގައި ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ

ޖިންސީ އަނިޔާ ލިބުނު ކުއްޖަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށްވާތީ ގާނޫނުގައިވާ ގޮތުގެ މަތިން މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *