ބިއްލޫރި ޝީޓު ތަކެއް ވެއްޓި ހަތަރު މީހަކަށް އަނިޔާ ވެއްޖެ

ބިއްލޫރި ޝީޓު ތަކެއް ވެއްޓި ހަތަރު މީހަކަށް އަނިޔާ ވެއްޖެ

ފުވައްމުލަކު ސިޓީގައި ބިއްލޫރި ޝީޓުތަކެއް ވެއްޓި، އެ އުފުލަން އުޅުނު ހަތަރު މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 09:32 އެހާކަންހާއިރު ކަމަށެވެ. އެ ހާދިސާ ހިނގީ، ފުވައްމުލަކު ސިޓީގައި އޮތް ދޯންޏަކުން އަންލޯޑް ކުރަން އުޅުނު ބިއްލޫރި ޝީޓު ތަކެއް އުފުލަން އުޅުމުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

ބިއްލޫރި ޝީޓެއް ވެއްޓި އަނިޔާވެފައި ވަނީ ދެ ދިވެހިންނާއި ދެ ބިދޭސީންނަށް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަށް ފުވައްމަލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް އެ ހޮސްޕިޓަލުން އަދި ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންގެންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *