ހަށިގަނޑުގެ އެތެރޭގައި 70 ގްރާމް ޑްރަގް ފޮރުވައިގެން ރަސްދޫއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހަށިގަނޑުގެ އެތެރޭގައި 70 ގްރާމް ޑްރަގް ފޮރުވައިގެން ރަސްދޫއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހަށިގަނޑުގެ އެތެރޭގައި 70 ގްރާމް ޑްރަގް ފޮރުވައިގެން އއ. ރަސްދޫއަށް އެތެރެކުރަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ފެހިވިނަ، އަހުމަދު އިކްލީލް 35އ ކަމަށެވެ.

އޭނާ ހައްޔަރުކުރީ ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައ ި ކަމަށް ފުލުހުން ބުންޏެވެ.

“މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު، ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ނެގުމަށް ޑޮކްޓަރަށް ދައްކައި އެތަކެތި ވަނީ ނަގާފައެވެ. އޭނާގެ ހަށިގަނޑުން ނެގި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 70 ގްރާމެވެ.” ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *