ލިޔެކިޔުމުގައި މާލެ ބޭނުން ކުރާއިރު އަތޮޅު ބޭނުން ނުކުރުމަށް މިނިސްޓަރު އެދިވަޑައިގެންފި

ލިޔެކިޔުމުގައި މާލެ ބޭނުން ކުރާއިރު އަތޮޅު ބޭނުން ނުކުރުމަށް މިނިސްޓަރު އެދިވަޑައިގެންފި

ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށް ކިޔާ އަދި ލިޔެ ހަދާއިރު، މާލޭގެ ކުރިއަށް ކ. އަތޮޅު ނުހިމަނަން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެދިވަޑައިގެންފިއެވެ.

އާދަމް ޝަރީފް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 14 ވަނަ މާއްދާގައިވާ ގޮތުން ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށެވެ.

އަދި ވިދާޅުވީ ގާނޫނުއަސާސީގައި އެކަން ބަޔާންކޮށްފައި ވާއިރު މާލޭގެ ކުރިއަށް "ކ. މާލެ" ހިމަނައިފައިނުވާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މާލެ ލިޔާއިރު ކުރިއަށް އަތޮޅު ހިމެނުމަކީ ގާނޫނުއަސާސީއާއި ޚިލާފު ކަމެއް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

ސަރުކާރުގެ ގިނަ ލިޔެކިޔުން ތަކުގައިވެސް މާލެ ލިޔާއިރު، ކުރިއަށް އަތޮޅު ނުހިމަނާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރަކަށް އައިސް މާލޭގެ ކުރިއަށް އަތޮޅު ހިމަނައިގެން ލިޔެކިޔުމުގެ ބޭނުންކުރާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ. ނަމަވެސް އެއީ ރަނގަޅު ކުރަންޖޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *