މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހައިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ކަމަށެވެ. މި ފަހަރު މުދަލު ޒަކާތުގެ ގޮތުގައި 4000 ރުފިޔާ ބޮލަކަށް ބަހައިފައިވާ ކަމަށް މިނިސްޓްރީބް ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބެހި އަހަރެވެ.
2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އޮތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށް ފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުން ދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށެވެ. 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާ އެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާ އެވެ.
One Response
މުދަލުޒަކާތުން ބޮލަކަށް 4000 ބަހާފައި ވީއިރު މުދަލު ޒަކާތައް ލިބުނު އަދަދުގެ ޖުމްލަހާމަ ނުކުރުމީ ސުވާލުއުފެދޭ ކަމެއް