ގެސްޓު ހައުސްގައި ޒަޚަމް ކޮށްލާފައި އޮއްވާ ފެނުނު މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި

ގެސްޓު ހައުސްގައި ޒަޚަމް ކޮށްލާފައި އޮއްވާ ފެނުނު މީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި

މާލޭގެ ގެސްޓު ހައުސް އަކުން ޒަޚަމް ތަކަކާއެކު ފެނުނު މީހާއަށް އަނިޔާކޮށް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މާލޭގެ ގެސްޓު ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިން ޒަހަމްތަކަކާއެކު އެ މީހާ ފެނިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން މިއަދު ބުނީ، އެ މީހާއާ މެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ، ކ. ތުލުސްދޫ، ޕެރިސް ފައުޒާން ޒަރީރު 23އ. އާއި މއ. ވޮއްކޮޅުގެ އަހުމަދު މާޒިން އިބްރާހިމް 23އ. އެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *