ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރު ކުރަމުންދާ ދެ ތަނެއް ބަންދު ކޮށްފި

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރު ކުރަމުންދާ ދެ ތަނެއް ބަންދު ކޮށްފި

މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ބަންދު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ފުރަތަމަ އޮޕަރޭޝަނުގައި "ޓްރާންސްފާ މޯލްޑިވްސް" ގެ ނަމުގައި، ހުއްދަ ހޯދުމަކައި ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއަ ތަނެއް ހުއްޓުވައި، ނޯޓިސް ހަރުކޮށްފައިވާ ކަމަށެވެ. އެއީ މިމަހުގެ ތިންވަނަ ދުވަހުގައި ކަމަށް ފުލުހުން ބުންޏެވެ.

މި މަހުގެ 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ދެވަނަ އޮޕަރޭޝަނުގައި އެމްއެމްއޭއިން ހުއްދަ ނުނަގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ސޮވެނިޔާ ވިޔަފާރި ކުރާތަން ބަލައި ފާސް ކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔާ ފިހާރަށްއަށް ގޮސް ބެލިބެލުމުން އެ ތަނަކީ އެމްއެމްއޭއިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ވަނީ ބާތިލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަން ބަލައި ފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް އިރުޝާދު ދީފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *