ރައީސް އާއި ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާނަމަ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފި

ރައީސް އާއި ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާނަމަ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފި

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން ދޮގު ޚަބަރު ފަތުރާ ފަރާތް ތަކަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ އެފަދައިން މިއަދު ވިދާޅުވީ "އަދަދު" ނޫހުން މިއަދު ޝާއިއު ކުރި ޚަބަރަކާއި އާންމުކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އަދަދުގެ ނޫހުން ރިޕޯޓްކުރި އެ ޚަބަރުގައި ވަނީ "ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ" ކަމަށެވެ.

ހީނާ ވިދާޅުވީ އަދަދު ނޫހުގެ އެ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. ހީނާ ވަނީ ރައީސް އާއި މަޖިލިސް މެންބަރުންނާ ގުޅޭގޮތުން އެފަދަ ދޮގު ޚަބަރު ފަތުރާ ފަރާތްތަކާމެދު ރައްޔިތުން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ" ހީނާ ވިދާޅުވިއެވެ.

ޕީއެންސީގެ މެންބަރުންނަށް ރައީސް ކޮންމެމަހަކު 50،000 ރުފިޔާ ދެއްވާ ކަމަށް އެންމެ ފުރަތަމަ ތުހުމަތު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސާން ފައްޔާޒް އިސްމާއިލެވެ. ފައްޔާޒުގެ އެ ތުހުމަތަށް ރައްދު ދެއްވައި ހީނާ މީގެކުރިން ވިދާޅުވެފައި ވަނީ އެއީ ބުހުތާނު ދޮގު ވާހަކަ ތަކެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *