ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށްޓަކައި ނަން ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި

ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށްޓަކައި ނަން ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފި

ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފްގެ އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އައްބާސް މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓްރީގެ މަގާމުގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ޤާނޫނު ބުނާ ގޮތުން ޕީޖީގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ، މަގާމު ހުސްވާތާ ލަސްވެގެން 30 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހެއެވެ. އެހެންވެ ދައުރުން ބޭރުން މިރޭ ބޭއްވި ޖަލްސާގައި ރިޔާސަތުން ވަނީ ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް  ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވެވުމަށްފަހު، ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އައްބާސްއަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ޤާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *