ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިވަގުތު ކުރަމުންދަނީ އެ ދަތުރުފުޅު ކުރައްވާނެ ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވޭ. ދިވެހިރާއްޖެ އާއި އިންޑިއާއާ އެކީގައި މިވަގުތު އެންމެ ރަނގަޅު ތާރީހަކީ, އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް މިދަނީ" ހީނާ ވިދާޅުވި އެވެ.
ރައީސް ވަނީ މީގެ ކުރިން ޖޫން މަހުގެ ނުވައެއްގައި ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ސަރުކާރުއައި ފަހުން ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުވެފައިވާ ޒަމާންވީ ގުޅުމަށް ވަނީ ހީނާރު ކަމެއް އައިސްފަ އެވެ. އެ ހީނަރުކަން އައިސްފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ސަރުކާރުން ގެންގުޅުނު ސިޔާސަތާ އިންޑިއާ ނުރުހުމުންނެވެ.
ނަމަވެސް އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށާއި ދެގައުމުގެ ގުޅުން ކުރިން އޮތް ވަރަށް ބަދަހިކުރުމަށް، ކުރިއަށް ގެންދިޔަ މަތީ ފަންތީގެ މަޝްވަރާތަކަށްފަހު، އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ. އަދި ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޝަންތަކުގައި އުޅެނީ މަދަނީ މީހުން ކަމަށް ދެގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ. އަދި ރާއްޖެއާއި އިންޑިއާއި ދެމެދު އޮންނަ ގުޅުން ވެސް ބަދަހިވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން މިހާރު އަނބުރާ ފޮނުވާލާފައިވާ ކަމަށާއި މިހާރު ތިބޭނީ އިންޑިއާގެ މަދަނީ މީހުން ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު މިދިޔަ މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވިދާޅުވެފައިވަނީ ދެގައުމުން ގުޅުން ބަދަހި ކަމަށާއި އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީ، ރާއްޖެއަށް ހާއްސަ އިސްކަމެއް އަބަދުވެސް ދެއްވަމުންދާ ކަމަށެވެ.
އިންޑިއާއަކީ ރާއްޖެއަށް މާލީ ގޮތުންނާއި އުމްރާނީ ގޮތުން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އަވައްޓެރި ގައުމެކެވެ.
ރައީސް މުއިއްޒު، އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިމިވަނީސް ވެސް ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތު ދަށްވެފައިވާ ދުވަސްވަރެއްގަ އެވެ.