އެމްޓީސީސީގެ 2 ބަސް ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ

އެމްޓީސީސީގެ 2 ބަސް ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ

ހުޅުމާލޭގެ ފޭސް ދޭއްގެ ވިނަރެސް ފުލެޓުތައް ކައިރިން އެމްޓީސީސީގެ ދެ ބަސް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު ކަމަށެވެ. އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ނުވާކަމަށާއި ނަމަވެސް ދެ ބަހަށް ކުދި ކުދި ގެއްލުން ތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

މި ދުވަސްވަރު މާލޭ ސަރަހައްދުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައެވެ. މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ހިނގި ދެ އެކްސިޑެންޓެއްގައި ދެ ޒުވާނުން ވަނީ ނިޔާވެފައެވެ.

ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 1907 އެކްސިޑެންޓެއްގެ މައްސަލަ ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *