އެޗްއާރްސީއެމްގެ މެންބަރު ކަމަށް އީސީގެ ކުރީގެ ނައިބު ރައީސް ހަބީބު އައްޔަންކުރައްވައިފި

އެޗްއާރްސީއެމްގެ މެންބަރު ކަމަށް އީސީގެ ކުރީގެ ނައިބު ރައީސް ހަބީބު އައްޔަންކުރައްވައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް، ގ.ގާކޮށި ފްލެޓް 111-ބީ، އަލްއުސްތާޒް އިސްމާއީލް ހަބީބު އަބްދުއްރަޙީމް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފިއެވެ.

ހަބީބު އެ މަގާމަށް އައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

‎އެ ރަސްމިއްޔާތުގައި އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސް ވަނީ ހަބީބުއާ ހަވާލުކުރައްވާފައެވެ.

‎އަދި، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ހަބީބު ވަނީ، އެޗްއާރްސީއެމްގެ މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒް އަލީ ރަޝީދު ހުސައިނެވެ.

ހަބީބު ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ވައިސް ޗެއާޕާސަންގެ މަގާމު ފާއިތުވި ތިން އަހަރު (2021-2024) އަދާކުރައްވާފައެވެ. މީގެއިތުރުން ހަބީބު ވަނީ ޖެހިޖެހިގެން ދެ ދައުރު އީސީގެ މެންބަރުކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.

ހަބީބަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން މާސްޓާ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *