މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް ފަރުވާ ދެނީ

މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް ފަރުވާ ދެނީ

މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން މިރޭ ބުނީ، މާފަންނު ބަސް ޓާމިނަލް ކައިރީގައި މިރޭ 18:29 ގައި ދެ ސައިކަލު ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ފަރުވާ ދެމުންދަނީ ދިވެހި ފިރިހެނެއްގެ އިތުރުން، ބިދޭސީ ދެ ފިރިހެނުންނަށެވެ.

އެ އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *