ފިއްކަނޑައިގެންދާހާ ގިނަ އެކްސިޑެންޓް: މިއަހަރުގެ ފުރަތަމަ 8 މަހުވެސް 1907 އެކްސިޑެންޓް

ފިއްކަނޑައިގެންދާހާ ގިނަ އެކްސިޑެންޓް: މިއަހަރުގެ ފުރަތަމަ 8 މަހުވެސް 1907 އެކްސިޑެންޓް

ފާއިތުވި އަށް މަސް ތެރޭގައި 1،907 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން 2023 ގެ އޮގަސްޓު މަހާ ހަމައަށް 1،476 އެކްސިޑެންޓެއް ހިނގި އެވެ. ފުލުހުން ބުނީ އޭގެ ތެރެއިން ގިނަ އެކްސިޑެންޓު މާލެ ސަރަހައްދުގައި ހިނގިއިރު 125 މީހަކަށް އަނިޔާވެ ފަސް މީހަކު މަރުވެފައިވާ ކަމަށެވެ.

މި އަހަރުގެ އޮގަސްޓު މަހާ ހަމައަށް 1،907 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 431 އެކްސިޑެންޓުގެ އިތުރުވުމެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއަހަރު އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ މާޗު މަހުގައި ކަމަށެވެ. މާޗު މަހު 301 އެކްސިޑެންޓް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެން މަސްތަކުގައި އެވްރެޖްކޮށް 200 އަށް ވުރެ ގިނަ އެކްސިޑެންޓު ވަނީ ހިނގައިފައި ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން ގިނައީ މާލެ އާއި ހުޅުމާލެ އަދި ސިނަމާލެބްރިޖު މަތީ ހިނގާ އެކްސިޑެންޓުތަށް ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *