ޝާހިދު މިއަދު މާރަންދޫ ބަޔެއް ގެތަކަށް ވަޑައިގެން އެރަށުގެ ބަޔެއް މީހުންނާ ވާހަކަ ދައްކާލައްވަނީ. ފޮޓޯ: ސޯޝަލް މީޑިޔާ

ރަށުގެ ހިންގުން ރަށުގެ ރައްޔިތުންގެ އަތްމައްޗަށް ގެންނަން މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ: ޝާހިދު

ރަށުގެ ހިންގުން ރަށުގެ ރައްޔިތުންގެ އަތްމައްޗަށް ގެންނަން މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ: ޝާހިދު

ރަށްރަށުގެ ރިންގުން އެ ރަށެއްގެ ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ ކަމުގައި، އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހއ. މާރަންދޫ ކައުންސިލްގެ ބައި- އިލެކްޝަނުގެ ކެމްޕޭނަށް އެރަށަށް މިއަދު ވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ގެނެސްދީ އަދި އެ ނިޒާމުގެ ދިފާއުގައި މަސައްކަތް ކުރަމުން އަންނަ ޕާޓީ ކަމަށެވެ.

"ކައުންސިލްތައް ބާރުވެރިކޮށް، ރަށުގެ ހިންގުން ރަށުގެ ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް މަސައްކަތް ކުރާ ޕާޓީއަކީ އެމްޑީޕީ" މާރަންދޫގައި ހުންނަވައި ޝާހިދު މިއަދު އެކްސްގައި ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރާއްޖޭގައި އެންމެ ފުރިހަމައަށް ހިންގާނެ ޕާޓީއަކީވެސް އެމްޑީޕީ ކަމަށެވެ.

ކައުންސިލްގެ ބައި- އިލެކްޝަންގެ ކެމްޕޭން ދަތުރުފުޅެއްގައި މާރަންދޫއަށް މިއަދު ވަޑައިގެން ޝާހިދު ވަނީ އެމްޑީޕީގެ ޓިކެޓުގައި އެރަށު ކައުންސިލަށް ކުރިމަތި ލައްވާފައިވާ ޝިހާމް މުޙަންމަދަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި މިއަދު އެރަށުގެ ބަޔެއް ގޭގެއަށް ވަޑައިގެން، ރަށުގެ ބަޔެއް މީހުންނާ ބައްދަލު ކުރައްވާފައިވެއެވެ.

މާރަންދޫ ކައުންސިލްގެ ބައި- އިލެކްޝަން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *