ބައި- އިލެކްޝަންގެ ކެމްޕޭނަށް ޝާހިދު މާރަންދޫއަށް ވަޑައިގެންފި

ބައި- އިލެކްޝަންގެ ކެމްޕޭނަށް ޝާހިދު މާރަންދޫއަށް ވަޑައިގެންފި

މިމަހުގެ 14 ވަނަ ދުވަހު އޮންނަ ހއ. މާރަންދޫ ކައުންސިލްގެ ބައި- އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޝިހާމް މުޙަންމަދުގެ ކެމްޕޭނަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މާރަންދޫއަށް ވަޑައިގެންފިއެވެ.

މާރަންދޫއަށް މިއަދު ވަޑައިގަތުމުން އެރަށުން ޝާހިދަށް ވިދާޅުވި މަރުޙަބާއަށް ޝުކުރު އަދާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމް ރާއްޖެއަށް ގެނެސް، އެ ނިޒާމުގެ ދިފާއުގައި މަސައްކަތް ކުރާ ޕާޓީ ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކޮށް، ރަށުގެ ހިންގުން ރަށުގެ ރައްޔިތުންގެ އަތްމައްޗަށް ގެނައުމަށް މަސައްކަތް ކުރާ ޕާޓީ ކަމަށެވެ.

މާރަންދޫއަށް ވަޑައިގެން، އެ ޕާޓީގެ ރައީސް ވަނީ މިއަދު މާރަންދޫގެ ބަޔެއް ގޭގެއަށްވެސް ވަޑައިގެންފައެވެ. ގޭގެއަށް ވަޑައިގެން ރަށުގެ ބަޔެއް ބޭފުޅުންނާ ބައްދަލު ކުރައްވާ ފޮޓޯތައް އެކްސްގައި ޙިއްސާ ކުރައްވައި ޝާހިދު ވިދާޅުވީ ގޭގެއަށް ވަޑައިގެން، ރައްޔިތުންގެ އަޑު އަހާލުމުން މާރަންދޫ ރައްޔިތުން ބުނާ ވާހައަކީ އެ ރަށަށް ކަމެއް ކޮށްދިނީ އެމްޑީޕީން ކަމަށެވެ. އެހެންކަމުން ޝާހިދު އެދިވަޑައިގަތީ މާރަންދޫ ހުރިހާ ރައްޔިތުންވެސް މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމަށް ވޯޓު ދިނުން އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *