ރިޒުނާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އިސްތިއުފާ ދެއްވައިފި

ރިޒުނާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އިސްތިއުފާ ދެއްވައިފި

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އައިޝަތު ރިޒްނާ އިސްތިއުފާ ދެއްވައިފި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމަށް ރިޒްނާ އައްޔަންކުރެއްވީ 2020 ސެޕްޓެމްބަރު 27 ގަ އެވެ.

އެ މަގާމުން ރިޒްނާ އިސްތިއުފާ ދެއްވީ މިއަދެވެ. ރިޒްނާ އިސްތިއުފާ ދެއްވިއިރު އޭނާއާ ގުޅޭ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އިސްތިއުފާގެ ސިޓީގައި ރިޒްނާ ވިދާޅުވީ ޑީޖޭއޭގެ ގާނޫނާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށެވެ.

ރިޒްނާ ވިދާޅުވީ ޖޭއެސްސީގެ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް ނިންމުންތައް ނިންމާފައިނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން ޝަރުއީ ދާއިރާގެ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށް ނުގެންދެވިފައިވާ ކަމަށް ރިޒްނާ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *