ރާއްޖެއަށް ޑްރަގް އެތެރެކުރި މެލޭޝިޔާ ދެމީހުންގެ ބަންދުގެ މުއްްދަތު 30 ދުވަހަށް އިތުރުކޮށްފި

ރާއްޖެއަށް ޑްރަގް އެތެރެކުރި މެލޭޝިޔާ ދެމީހުންގެ ބަންދުގެ މުއްްދަތު 30 ދުވަހަށް އިތުރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މެލޭޝިޔާގެ ދެ މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް އިތުރު ކޮށްފިއެވެ.

މެލޭޝިޔާގެ ކޯ ހުއާން ބޫން އާއި ކިޔާ މީހަކާއި އެން ޖީ ތަމް ލިޕްގެ ބަންދުގެ މުއްދަތު އެންމެ ފުތަމަ ޖަހާފައި ވަނީ ފަސް ދުވަހަށެވެ.

ނަމަވެސް އެ މުއްދަތު ހަމަވާތީ، އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލްކޯޓަށް އިއްޔެ ހާޒިރު ކުރުުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެމީހުން ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެއިން ކޮންމެ މީހަކު 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް މީގެ ތެރެއިން ކޯ ހުއާން ބޫން އަށް ވަކީލަކު އައްޔަން ވެފައިވީ ނަމަވެސް އެ ފަރާތާ ބައްދަލު ނުވާ ކަމަށް ފާހަގަކޮށްފައިވާތީ މި ފަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ވަކީލާ ބައްދަލު ކުރުމުގެ އިންތިޒާމު އޭނާއަށް ހަމަޖައްދައިދިނުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ ދެމީހުން ބަންދު ކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، އެ ދެމީހުންގެ މައްޗަށް ކުރާ ޑްރަގް ޓްރެފިކިންގެ ތުހުމަތާ ގުޅޭ ހެކި ގަރިނާ ހުށަހަޅާފައިވާ ކަމަށެވެ.

ވައިގެމަގުން ރާއްޖެއަށް 9.86 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މިދިޔަ ހަފްތާގައި ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، އެއީ ޖުމުލަ 11.62 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.

ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި:
ކެތިނޯން – (0.680) ކިލޯ
ކެނެބިސް – (10.20) ކިލޯ
ހެރޮއިން – (0.740) ކިލޯ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *