އަލްއަމީރާ ލަތީފާ އަވަހާރަވުމުގެ ހިތާމައިގައި ސައުދީ ރަސްގެފާނަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

އަލްއަމީރާ ލަތީފާ އަވަހާރަވުމުގެ ހިތާމައިގައި ސައުދީ ރަސްގެފާނަށް ރައީސް މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ

ސައޫދީ އަރަބިއްޔާގެ ޝާހީ ހާންދާނަށް ނިސްބަތް ވެވަޑައިގަންނަވާ ބޭކަނބަލެއްކަމަށްވާ، އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދު އަވަހާރަވުމާއި ގުޅިގެން މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި މެސެޖުގައި، އެމަނިކުފާނު ވަނީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދުގެ ހެޔޮ ހަނދާންތަކުން، މި އުނދަގޫ ދަނޑިވަޅުގައި އާއިލީ ހިތާމަތަކަށް ކޮންމެވެސްވަރެއްގެ ލުޔަކާއި ތަސައްލީއެއް ލިބުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި، ރަސްގެފާނަށާއި، ޝާހީ އާއިލާއަށް ކެތްތެރިކަމަށް އެދިވަޑައިގެންފަ އެވެ. އަދި މަރްހޫމާގެ ފުރާނަފުޅަށް ރަޙުމަތްލެއްވުންއެދި ހެޔޮ ދުއާކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާކަން ތައުޒިޔާގެ މި މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އަލްއަމީރާ ލަތީފާ ބިންތު އަބްދުލްއަޒީޒް އާލް ސުއޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި، މަރުހޫމާގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރައްވަމުންނެވެ. އަދި ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ހާލަތުގައި، ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުން އެދިވަޑައިގެންވެސް ދުއާ ދަންނަވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *