އާ ޤާނޫނުން ރާއްޖޭގައި އިންވެސްޓް ކުރަން ފަސޭހަވެ، ވިޔަފާރިތައް ފުޅާވެގެންދާނެ: ސައީދު

އާ ޤާނޫނުން ރާއްޖޭގައި އިންވެސްޓް ކުރަން ފަސޭހަވެ، ވިޔަފާރިތައް ފުޅާވެގެންދާނެ: ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވި، ފޮރިން އިންވެސްޓުމެންޓުގެ އާ ގާނޫނުގެ ސަބަބުން، ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރަން ފަސޭހަވެ، ވިޔަފާރިތައް ފުޅާވެގެންދާނެ ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެ ގާނޫނުގައި ހިމެނޭ ކަންތަައްތަކާބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ސައީދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި، ހިމެނެނީ އިގްތިސާދީ ދާއިރާގެ ސްޓްރެކްޗަނަލް ބޮޑެތި ރިފޯމްތައް ކަމަށެވެ.

އޭގެތެރޭގައި ރާއްޖޭގެ އިގްތިސާދީ ދާއިރާގައި ހިމެނޭ ވިޔަފާރިތައް ފުޅާ ކުރުމާއި، ރާއްޖެއަކީ ވިޔަފާރި ކުރަން ފަސޭހަ ތަނަކަށް ހެދުމާއި އަދި ރިއަލްސްޓޭޓަކީ ވިޔަފާރިއަކަށް ހެއްދެވުން ކަމަށެވެ. އެކަންކަމަށް މަގުފަހި ކުރެއްވުމަށް މިނިސްޓަރު ސައީދަށާއި، އެޓާރނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ކަމާގުޅުން ހުރި މިނިސްޓްރީތަކާއި ލީގަލް ޑިޕާޓްމަންޓްތަކަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މަސައްކަތް ތަކުގެ ތެރެއިން، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ދައުރު ފުޅާކޮށް އޭގެތެރެއިން އިގްތިސާދީ ތަރައްގީ ގެނައުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް ސައީދު ވިދާޅުވިއެވެ.

"ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރުގައި އެމަނިކުފާނުގެ ވައުދުފުޅު ތަކުގެ ތެރޭގައި މިހުރީ ގާތްގަނޑަކަށް ބޮޑެތި ސްޓްރަކްޗަރަލް ރިފޯމް އިގްތިސާދީ ދާއިރާގައި، ވިޔަފާރި ފުޅާކުރުމާއި، ރާއްޖެއަކީ ވިޔަފާރި ކުރަން ފަސޭހަ ތަނަކަށް ހެދުމާއި، އަދި ރިއަލް އެސްޓޭޓްގެ ދާއިރާއަކީވެސް ވިޔަފާރީގެ ދާއިރާއަކަށް ހެދުން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ގައުމެއްގެ ކަންކަން ދެ ފުށް ފެންނަ ގޮތަށް ކުރުމާއި، ވާނެކަންކަން ޔަގީންވުމަކީ އެފަދަ ގާނޫނެއް އަންނައިރު އޮންނަންޖެހޭ ކަމެއް ކަމަށެވެ. އެހެން ކަމުން މިއަދު ތަސްދީހު ކުރެއްވި ގާނޫނުގައި އެކަންކަން ހިމެނިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވީ އާ ގާނޫނަށް އަމަލު ކުރަން ފަށާނީ، ތިންމަސް ދުވަސް ފަހުންނެވެ. ފޮރިން އިންވެސްޓްމަންޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ގޮތުގައި، އާ ގާނޫނެއް އެކުލަވައިލީ، މިހާރު އަމަލު ކުރަމުން އަންނަ ގާނޫނަކީ 1979 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީ، އެ ގާނޫނު ޒަމާނާ އެއްގޮތަށް ބަދަލު ކުރުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *