ޔާމީން ވިދާޅުވީ ބަޔެއް މިނިސްޓަރުންނަށް ވާނުވާއެއްވެސް ނޭނގި، ރައީސް މިހާރު ކަންކަން ނިންމަވާ ކަމަށް!

ޔާމީން ވިދާޅުވީ ބަޔެއް މިނިސްޓަރުންނަށް ވާނުވާއެއްވެސް ނޭނގި، ރައީސް މިހާރު ކަންކަން ނިންމަވާ ކަމަށް!

ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބަޔެއް ވަޒީރުންގެ އެއްވެސް ލަފައެއް ނެތި ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒަށް ފެނިވަޑައިގެންނެވި ގޮތަކަށް ބަޔެއް ކަންކަން ނިންމަވަމުން މިހާރު ގެންދަވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގަތްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފްގެ ހަރުގޭގައި އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މަސްވެރިކަމުގައި ލޭނު އެޅުމުގެ ކަންކަންވެސް ވެގެންދިޔައީ އެހެން ކަމަށެވެ. ޔާމީން ވިދާޅުވީ މަސްވެރިކަމުގައި ލޭނު އަޅަން ހުއްދަ ދިނުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓަރު ޝިޔާމް ކުރައްވަން ފެއްޓެވީ ރައީސް އެކަމަށް އެދިވަޑައިގެން ކަމަށެވެ. ރައީސްގެ އެދިވަޑައިގަތުމާއި އެއްގޮތަށް މިނިސްޓަރ ޝިޔާމް ލޭނު އަޅަން ހުއްދަ ދޭން ނިންމާފައި ވަނިކޮށް، ލޭނު އެޅުމުގެ ހުއްދަ ނުދީ ކުރިން ނިންމި ނިންމުން ކެންސަލްކޮށް ކުރިން އޮތް ގޮތަކަށް ރައީސް ބަދަލު ކުރެއްވީ މިނިސްޓަރ ޝިޔާމްގެ އެއްވެސް ލަފައެއްވެސް އެކަމުގައި ނުހޯދައި ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި ލޭނު އަޅަން ހުއްދަ ކުއްލި ގޮތަކަށް ރައީސް ނިންމެވީ މިނިސްޓަރ ޝިޔާމަށް ވާއެއްނުވާއެއް ނޭގި ކަމަށެވެ.

ލޭނު އެޅުމުގެ މަސްވެރިކަމަށް ހުއްދަ ދޭން އޭރު ސަރުކާރުން އުޅުނީ މަސްވެރިން އެކަން އެގޮތަށް ނުކުރަން ސަރުކާރަށް އިލްތިމާސް ކޮށްފައި ވަނިކޮށެވެ. ފަހުން ބޮޑުކަންނެލި މަސްވެރިންގެ ފަރާތުން ރައީސަށް ފޮނުވި ސިޓީއަކާއި ގުޅިގެން ރައީސް ވަނީ ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *