ސިވިލް ކޯޓުގެ އިސް ގާޒީއާ ގުޅޭ މައްސަލައެއް ޖޭއެސްސީ އަށާއި އޭސީސީއަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ އިސް ގާޒީއާ ގުޅޭ މައްސަލައެއް ޖޭއެސްސީ އަށާއި އޭސީސީއަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދާ ގުޅޭ ޝަކުވާއެއް އެ ތަނުގެ މުވައްޒަފުންތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އެ ކޮމިޝަނަށް އެގޮތަށް ހުށަހެޅޭ މައްސަލަތަކާބެހޭ މައުލޫމާތު އާއްމު ކުރަނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށެވެ. ނަމަވެސް އިސްގާޒީއާބެހޭ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް އޭނާ ވިދާޅެއްނުވެއެވެ.

“މާލޭ ޓައިމްސް” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސް ގާޒީގެ މައްސަލަ އެތަންތަނަށް ހުށަހެޅީ، ސިވިލް ކޯޓަށް މުވައްޒަފުން ނެގުމުގައި އަމަލު ކުރަމުންގެންދާގޮތާ ބެހޭގޮތުންނެވެ.

އެގޮތުން މަގާމުގެ ނާޖައިޒު ފައިދާ ނަގައިގެން ވެރިން އެންޑޯޒް ކުރާ މުވައްޒަފުން މަގާމުތަކަށް ނަގާ ތަނަކަށް އެކޯޓު ހަދާފައިވާކަމަށް ތުހުމަތުކޮށް، ކޯޓަށް އަލަށް މުވައްޒަފުން ނަގާފައިވަނީ ވެރިން ނޮމިނޭޓް ކޮށްގެން ކަމަށް އެ މައްސަލައިގައި ވަނީ ތުހުމަތު ކޮށްފައެވެ.

ނުފޫޒުން މުވައްޒަފުން ނަގާއިރު އެ މުވައްޒަފުންނަށް ފަސޭހަވާ ގޮތަށް ރިޓިން އެގްޒޭމް ތައްޔާރުކުރުމާއި، ވެރިން ޕްރެޒެންޓޭޝަން ހަދައި ދިނުން ފަދަ ކަންކަން އާންމުވެފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ. ކޯޓު އޮފިސަރަކަށް ލީގަލް އޮފިސަރެއްގެ މަގާމު ދިނުމަށް އިންޓަވިއުގެ ތެރެއިން ހެދި ޕްރެޒެންޓޭޝަނެއް އިސްގާޒީގެ ލޮގިން ބޭނުންކޮށްގެން ހަދާފައިވާ ކަމަށްވެސް އެ މައްސަލައިގައި ތހުމަތު ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *