ލޯބިވެރިޔާ ރަހީނުކުރި އަތުހަރު ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި

ލޯބިވެރިޔާ ރަހީނުކުރި އަތުހަރު ކަސްޓޯޑިއަލްގައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނު ކުރި އާދަމް އަތުހަރު، 32 ފުލުހުންގެ ކަސްޓޯޑިއަލްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފި އެވެ.

އެނގިފައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން މިރޭ ބުނީ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވާތީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ މަރުނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ އައިސީޔޫގައި ފަރުވާ ދިނުމަށް، މިހާތަނަށް އެއްވެސް ޑޮކްޓަރަކު ރެކޮމެންޑް ކޮށްފައިނުވާ ކަމަށާއި، އޭނާއަށް ފިޓް ޖެހުނު ކަމަށް މިހާތަނަށް ޑޮކްޓަރުގެ އެއްވެސް ލިއުމެއްގައި ބަޔާން ކޮށްފައިނުވާ ކަމަށެވެ.

ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އެ އަންހެން މީހާ ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެން މީހާ ދުއްވަން އިން ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާ ދިނުމުން އަނިޔާވިއެވެ.

ނަމަވެސް އޭރު ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ދޫކޮށްލުމުން ހައްޔަރު ކުރިއެވެ. ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސް، ހާލަތު އިތުރަށް ބެލުމަށްޓަކައި ރޭގެ ވަގުތެއްގައި އެޑްމިޓް ކުރިއެވެ. އައިޖީއެމްއެޗުން ދޫކުރުމުން އަތުހަރު އަނެއްކާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *