އަންހެނަކު ރަހީނު ކުރި އަތުހަރުގެ މެޑިކަލް ޓެސްޓްތަައް ނޯމަލް، ފިޓް ޖެހިފައެއްނުނޭ: ޕޮލިސް

އަންހެނަކު ރަހީނު ކުރި އަތުހަރުގެ މެޑިކަލް ޓެސްޓްތަައް ނޯމަލް، ފިޓް ޖެހިފައެއްނުނޭ: ޕޮލިސް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނު ކުރި މީހާގެ ޓެސްޓްތައް ހެދުމަށްފައު އޭނާގެ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، ބުރާސްފަތި ދުވަހު އަންހެނަކު ރަހީނު ކުރި ށ. މިލަންދޫ ހެޕީ ލޭންޑް 32 އަހަރުގެ އާދަމް އަތުހަރު ޑޮކްޓަރަށް ދެއްކުމަށްފަހު، މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓް ތަކާއި ސީޓީ ސްކޭންގެ ނަތީޖާއަށް ބަލާއިރު ޓެސްޓްތައް ނޯމަލް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ނާރުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުންވެސް މައްސަލައެއް ނެތް ކަމާއި ރަނގަޅު ކަމަަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ އައިސީޔޫގައި ފަރުވާ ދިނުމަށް، މިހާތަނަށް އެއްވެސް ޑޮކްޓަރަކު ރެކޮމެންޑް ކޮށްފައިނުވާ ކަމަށާއި، އޭނާއަށް ފިޓް ޖެހުނު ކަމަށް މިހާތަނަށް ޑޮކްޓަރުގެ އެއްވެސް ލިއުމެއްގައި ބަޔާން ކޮށްފައިނުވާ ކަމަށެވެ.

ކަރުގައި ވަޅި ޖައްސައިގެން އަތުހަރު ރަހީނު ކުރީ އޭނާގެ ލޯބިވެރިޔާއެވެ. އެ އަންހެން މީހާ ރަހީނު ކުރުމުން، އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން އަންހެން މީހާ ދުއްވަން އިން ސައިކަލް މަޑުކޮށްލި ދަނޑިވަޅު ބަލައި ފުލުހަކު އޭނާއަށް މުގުރުން ހަމަލާ ދިނުމުން އަނިޔާވިއެވެ.

ނަމަވެސް އޭރު ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލުން އަތުހަރު ދޫކޮށްލީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ދޫކޮށްލުމުން ހައްޔަރު ކުރިއެވެ. ނަމަވެސް ހޮޑުލާތީ އައިޖީއެމްއެޗަށް ގެންގޮސް، ހާލަތު އިތުރަށް ބެލުމަށްޓަކައި ރޭގެ ވަގުތެއްގައި އެޑްމިޓް ކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *