ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކެނޑިއްޖެ

ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކެނޑިއްޖެ

އިންޑިޔާގެ ބެންގަލޫރުގެ ދެ ހޮސްޕިޓަލެއްގެ އެތެރޭގެ އުސޫލު ތަކަށް ގެނައި ބަދަލު ތަކަކާއި ގުޅިގެން އެ ދެ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން، ބަލި މީހުން ފޮނުވުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އާސަންދައިގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލީ ބެންގަލޫރުގެ އެސްޓާ ސީއެމް އައި ހޮސްޕިޓަލާއި ސައިޓް ކެއާ ހޮސްޕިޓަލް ޕްރައިވެޓް ލިމިޓެޑުންނެވެ. އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، މި ބަދަލު ގެނައީ އިންޝުއަރެންސްގެ ދަށުން ކްރެޑިޓަށް ޚިދުމަތް ނުދިނުމަށް އެ ދެ ހޮސްޕިޓަލުން ނިންމުމާއި ގުޅިގެން ކަމަށެވެ.

އެ ދެ ހޮސްޕިޓަލަށް ބަލި މީހުން ފޮނުވުން ހުއްޓާލަން ނިންމި ނިންމުމަކީ އާސަންދައިގެ ނިންމުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިންޑިޔާގެ މަނިޕާލް ހޮސްޕިޓަލުން ސިއްހީ ފަރުވާދޭ އަގުތައް ބޮޑު ކަމުން، އެ ހޮސްޕިޓަލަށް އާސަންދަ ދިނުން މީގެ މަހެއް ކުރިން ވަނީ މެދުކަނޑާލައިފައެވެ. ޒީނިޔާ ވިދާޅުވީ، ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުގެ އަގުތައް މުރާޖައާ ކުރަމުން އަންނަ ކަމަށެވެ.

އާސަންދައިގައި ބޭރުގެ 57 ހޮސްޕިޓަލެއް ވަނީ އެމްޕެނަލް ވެފައެވެ. އޭގެތެރެއިން، ސްރީލަންކާގެ 8 ހޮސްޕިޓަލެއް ފިޔަވައި، ބާކީ 49 ހޮސްޕިޓަލަކީ އިންޑިޔާގެ ތަންތަނެވެ. އޭގެތެރެއިން ބެންގަލޫރުން މިހާރު ޚިދުމަތް ލިބޭނީ 11 ހޮސްޕިޓަލަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *