14 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ބޯޓު ހޯދައިފި

14 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ބޯޓު ހޯދައިފި

14 މީހުންނާއެކު ލ. ގަމުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ގެއްލުނު "އަކިރިސް" ބޯޓު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން ހޯދައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ބޯޓު ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭ 19:10 އެހާކަންހާއިރު ކަމަށެވެ.

އެ ބޯޓުގައި ތިބީ ދެ ދިވެހިންނާއި 12 ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުގެ ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "މާފަތް" އިން މި ބޯޓު ހޯދާފައިވަނީ މިއަދު 08:50 ހާއިރު، މ.ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން، އިންޖީނު ހުއްޓިފައިވަނިކޮށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *