ވިޔާފާރީގެ މުއާމަލާތްތަކަށް ބިދޭސީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުށެއް: އިހުސާން

ވިޔާފާރީގެ މުއާމަލާތްތަކަށް ބިދޭސީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުށެއް: އިހުސާން

ވިޔަފާރީގެ މުއާމަލާތްތަކުގައި ބިދޭސީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ރާއްޖޭގެ ގަާނޫނުގައިވާ ގޮތެއް ކުށެއް ކަމަށް  ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިމިގްރޭޝަން ހިންގި އޮޕަރޭޝަނެއްގައި "ރިޓްޒް ބިއުޓީ ސެލޫން" ގެ ނަމުގައި ގަވާއިދާހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދިޔަ ފަރާތެއް ކަމަށްވާ ރަޖަނީ ޝްރެސްތާ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ޑީޕޯޓް ކޮށްލި މައްސަލައިގައި ބައެއް ވާހަކަތައް ދަނީ ދެކެވެމުންނެވެ.

އެގޮތުން ރަޖަނީ ޝްރެސްތާ، ސެލޫން ހިންގަމުންއައީ ގަވާއިދާއެއްގޮތަށް ސައްހަ ވިސާއެއްގެ ދަށުން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ނަމަވެސް ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީރަޖަނީއަކީ ވޯކް ވިސާއެއްގައި ރާއްޖެއައި މީހެއް ކަމަށެވެ.  ވޯކް ވިސާގެ ދަށުން ވިޔަފާރި ނުކުރެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ރަޖަނީ ސެލޫން ހިންގަމުންއައީ ގަވާއިދާ ހިލާފަށް ކަމަަށާއި އަދި އެ ސެލޫންގެ  ފައިސާ ޖަމާކުރަނީ ބިދޭސީއެއްގެ އެކައުންޓަށް ކަމަށް އިހުސާން ވިދާޅުވި އެވެ.

"މީގެ ތެރޭގަ މި ދެންނެވި ފަރާތުން ހިންގަމުން އައި ސެލޫންގެ ފައިސާ ދައްކަން އެ ސެލޫންގެ ކައުންޓަރު މަތީގައި ބައިންދާފައިން ބޯޑުގެ އެކައުންޓު ނަންބަރަކީ އެ މީހާ ފާސަނަލް ގުޅުމެއް ބާއްވައިގެން އުޅުނު ރާއްޖޭގަ މަސައްކަތްކުރާ އެހެން ބިދޭސީ މަސައްކަތްތެރިއެއް. މީ ސްޓޭޓްމެންޓުގަ އެ މީހާ އެއްބަސްވެފަ އޮތް ކަމެއް. މި ހިސާބުން އެ މީހާ ޑީޕޯޓް ކުރަން ނިންމުނީ" އިހުސާން ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގަ ބިދޭސީއެއްގެ އެކައުންޓަށް ވިޔަފާރިންކުރާ ފައިސާ އެއްވެސް ހާލެއްގަ ޖަމާކުރުމަކީ ހުއްދަ ކަމެއް ނޫން ރާއްޖޭގަ. އެކްސެޕްޝަން ޓު ޕޮލިސީ އޮތްކަމެއް ނޫން އެއީކީ. އެއީ ފަހުން ތިމަންނަ އޯނަރު މީހާގެ އެކައުންޓަށް ޖަމާކުރާނެމޭ، މިއީކީ އޮތް ގޮތެއް ނޫން ރާއްޖޭގަ. އެހެންވީމާ އެއީ އަޅުގަނޑުމެން ޓޮލަރޭޓް ކުރާނެ ކަމެއް ނޫން" އިހުސާން ވިދާޅުވި އެވެ.

އިމިގްރޭޝަނަށް ދީފައިވާ ރަޖަނީ ޝްރެސްތާ ވަނީ އެކަންކަމަށް އިއުތިރާވުފެއި ކަމަށް އިހުސާން ވިދާޅުވި އެވެ. އޭނާ ޑީޕޯޓް ކޮށްލަން ނިންމީ، އޭނާއަކީ ރާއްޖޭގައި ގަވާއިދާހިލާފަށް ވިޔަފާރިކުރަމުންދާ ފަރާތެއްކަން ޝައްކެއް ނެތް މިންވަރަށް އިމިގްރޭޝަނަށް ޔަގީންވުމުން ކަމަށް އިހުސާން ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *