ޕާޕާ ޕީއެންއެފްގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ތޭރަ

ލޯންޗު ގޮއްވާލި ތުހުމަތު ޔާމީން ފުރަތަމަ ކުރީ ޕާޕާއަށް، މިހާރު އެބަހީވޭ އެއީ ޔާމީން އަމިއްލައަށް ކުޅުނު ޑްރާމާއެކޭ: އަދުރޭ

ލޯންޗު ގޮއްވާލި ތުހުމަތު ޔާމީން ފުރަތަމަ ކުރީ ޕާޕާއަށް، މިހާރު އެބަހީވޭ އެއީ ޔާމީން އަމިއްލައަށް ކުޅުނު ޑްރާމާއެކޭ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި ހާދިސާއަކީ ޔާމީން ކުޅުއްވި "ޑްރާމާއެއް" ގެ ގޮތުގައި މިހާރު ސިފަަވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

‎ސަންގު ޓީވީއަށަ އަބްދުއްރަހީމް ރޭ ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ޔާމީން މިހާރު ކައިރިކޮށްގެން ގެންގުޅުއްވަނީ މީގެކުރިން އެމަނިކުފާނަށް އަނިޔާދިން މީހުން ކަމަށެވެ. ޔާމީން މިހާރު ދައްކަވަމުން އަންނަ ވާހަކަަތަކާއި ކައިރީގައި ގެންގުޅޭ މީހުންގެ ހަގީގަތް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިހާރު ޔާމީންގެ އަސްލު ސިފަވެސް ފެނިގެންދާ ކަމަށް ވިދާޅުވިއެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާ ފާހަގަކޮށް އަބްދުއްރަހީމް ވަނީ އެއީ ޔާމީން  އަޑީގައި ހުންނަވައިގެން ކުޅުނު ޑްރާމާއެއްތޯ ސުވާލު ކުރައްވައިފައެވެ.

"ބައެއް ފަހަރު އެބަހީވޭ، އަޅުގަނޑަށް މިހާރު ހަމަ ދަންނަވަން ކެރިދާނެ، ފިނިފެންމާ ލޯންޗު ގޮވުން މިއީ ޔާމީން ކުޅުނު ޑްރާމާއެއް ނޫންބާއޭ. އެހިސާބަށް ޔާމީންގެ ވާހަކަ ހިނގައްޖެ. އަޅުގަނޑުމެން އެންމެންގެ ގާތު ޔާމީން ވިދާޅުވީ ލޯންޗު ގޮއްވާލީމަ ތިމަންނައަށް ބޭރަށް ނިކުމެވުނީމަ، ބޮޑު ފަލަމާދިމާލަށް ބަލާލިއިރު އެތާ ހުއްޓޭ ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެއް. ތިމަންނައަށް ވަގުތުން އެނގުނޭ އޭނަކަން އެކަން ކުރީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

‎އަބްދުއްރަހީމް ވިދާޅުވީ، ޔާމީން އެ އިނގިލި ދިއްކުރީ މާލޭ އޭރިޔާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒް (ޕާޕާ) އަށް ކަމަށެވެ. ޕާޕާއަކީ މިހާރު ޕީއެންއެފްގެ ޖަގައިގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ، މިހާރު ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ކުރީގެ ޕޮލިސް ކޮމިޝަނަރު، ހުސައިން ވަހީދު މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔާމީނާއި ވަރަށް ގާތުން ކަމަށާއި އެގޮތަށް ކައިރިން މަސައްކަތް ކުރައްވާއިރު، ޔާމީންގެ ވެރިކަމުގެ 6 މަސް ދުވަސް ވަންދެން އިންޓެލިޖެންސް ރިޕޯޓް އޭރު ފުލުހުން ފޯރުކޮށް ދީފައިނުވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *