ހުޅުމާލެ ބުރިޖުގެ އެއް ލޭނު މަދުވެގެން މުއިއްޒަށް ޔާމީން ހެސްކިޔާފަ ބަވާލި: އަދުރޭ

ހުޅުމާލެ ބުރިޖުގެ އެއް ލޭނު މަދުވެގެން މުއިއްޒަށް ޔާމީން ހެސްކިޔާފަ ބަވާލި: އަދުރޭ

ހުޅުމާލެ އާއި ހުޅުލެ އަދި މާލެ ގުޅުވައިދޭ ބްރިޖުގެ އެއް ލޭނު މަދުކަން އެނގިވަޑައިގަތުމުން އޭރުގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު މުއިއްޒަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން "ހެސްކިޔާފައި މުއިއްޒަށް ބަވާލި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ބްރިޖުގެ އެއް ލޭނު މަދުކަން ޔާމީނަށް އެނގިވަޑައިގެންނެވީ މާފަހުން ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. އަދި އެ މައްސަލައިގައި ޑރ  މުއިއްޒަށް "ކީރިތި ކުރެއްވެންދެން" ޔާމީން "ބަވާލި" ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް މުއިއްޒު ކީރިތިފުޅު ކުރައްވަންދެން ބަވާލި އިނގޭތޯ، އަޅުގަނޑު މި ވާހަކައިގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ދޭން ބޭނުން. އެދުވަހު ޔާމީން ވިދާޅުވީ ބްރިޖުގެ އެއް ލޭނު މަދުކަން ތިމަންނައަށް މިއަދުއޭ މި އެނގުނީ. ކިޔާފަ މުއިއްޒަށް ހެސްކިޔާފަ ބަވާލީ" އަދުރޭ ވިދާޅުވިއެވެ.

ފިނިފެންމާ ހާދިސާއަކީ ޔާމީން ކުޅުއްވި ޑްރާމާއެއް ކަމަށް ހީވާން ފަށައިފި: އަބްދުއްރަހީމް

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *