މުއިއްޒު ސިންގަޕޫރަށް އެންމެ ފަހުން ދިޔަ ދަތުރުވެސް އަދީބާ ބައްދަލު ކުރި: ޔާމީން

މުއިއްޒު ސިންގަޕޫރަށް އެންމެ ފަހުން ދިޔަ ދަތުރުވެސް އަދީބާ ބައްދަލު ކުރި: ޔާމީން

ރައީސް ޑރ. މުޙަންމަދު މުއިއްޒު އެންމެ ފަހުން (މިހާރު ކުރައްވާ ދަތުރުފުޅުގެ ކުރިން) ސިންގަޕޫރަށް ވަޑައިގެންނެވި ފަހަރު ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ ބައްދަލު ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފް ޖަގަހައިގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެންމެ ފަހުން ރައީސް ޑރ. މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އަދީބާ ބައްދަލު ކުރެއްވިކަން ސީދާ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ރޭ ޕީއެންއެފްގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި އެ ޕާޓީން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އަދީބު އަތުން ހޯދި ބޭފުޅުންގެ ލިސްޓުގައި ރައީސް މުއިއްޒުވެސް ހިމެނޭކަމަށް ބުނެފައެވެ.

ނަމަވެސް ހަމަ ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް، އެއްވެސް ގޮތަކަށް އެމަނިކުފާނު ނަންގަވާފައި ނުވާނެ ކަމަށާއި، އެފަދަ އެއްވެސް ލިސްޓެއްގައި އެމަނިކުފާނުގެ ނަންފުޅުވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *