ފަލާހު، މެޑަމް ފާތުން އާއި ޔާމީނަށް: ކުރީގެ ވެރިކަމުގައި މުލިއާގެއަށް ގޮސް ވަޅުދިޔަ ހިއްކަންވެސް ޖެހުނު

ފަލާހު، މެޑަމް ފާތުން އާއި ޔާމީނަށް: ކުރީގެ ވެރިކަމުގައި މުލިއާގެއަށް ގޮސް ވަޅުދިޔަ ހިއްކަންވެސް ޖެހުނު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރު (މުލިއާގެ) އަށް ވަޑައިގެން، މުލިއާގޭ ވަޅު ދިޔަހިއްކަންވެސް ޖެހުނު ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އޭރުވެސް މިހާރުވެސް މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ފަލާހު ވިދާޅުވީ އޭރު މެޑަމް ފާތުން ވިދާޅުވެގެން މުލިއާގެއަށް ވަޑައިގެން، މަޖިލިސް މެމްބަރުންނަށް ހަމައެކަނި ޖެހުނީ "ޕެނަޑޯލް ބަންދު ކުރާކަށްނޫން" ކަމަށެވެ. "ވަޅުދިޔަ ހިއްކަންވެސް ޖެހުނު" ކަމަށެވެ.

ފަލާހު ވިދާޅުވީ ބަޔެއް ރޭރޭ ބާ ހެދުމުގައި ގެއިން ނުކުންނަވާތީ، ބާ އެއްޗެހީގައި ތިޔަދަނީ ކޮންތާކަށްތޯ އަނބިކަނބަލުންވެސް ސުވާލު ކުރައްވާ ކަމަށެވެ. ފަލާހު ވިދާޅުވީ ބާ ހެދުމުގައި ވަޑައިގަންނަވަނީ މުލިއާގެއަށް މެޑަމް ވިދާޅުވާ ކަންކަން ކުރައްވަން ކަމަށާއި، އެގޮތުން ވަޅުދިޔަ ހިއްކަން ދެވޭނީ ބާ ހެދުމުގައި ކަމަށް ސިފަ ކުރެއްވިއެވެ.

ފަލާހު ވިދާޅުވީ މިހާރު މުޅިން ތަފާތު ކަމަށާއި، މިހާރު ހުންނެވި މެޑަމް އެކަހަލަ ކަމެއް ހަވާލު ނުކުރައްވާ ކަމަށެވެ. އެންމެ ކުޑަމިނިން ފޯނުން ގުޅާވެސް ނުލައްވާ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކަލޭ އަމިއްލައަށް ހިއްކީނުން ރޑޔ
    ޔާމީނެއް ނުބުނޭ ކަލޭ ގުދަށް އޮންނާކަށް. އަމިއްލަޔަށް ތި ހުރިހާގަނޑެއް ގަންނަނީ. ވެރިންގެ އަތުން ގިނައިން ފައިސާ ހޯދަން.

Leave a Reply

Your email address will not be published. Required fields are marked *