ވިޔަފާރި ތަކަށް ލިބޭ ޑޮލަރު ބޭންކުން މާރު ކުރަން މަޖުބޫރު ކުރާނަން: ރައީސް

ވިޔަފާރި ތަކަށް ލިބޭ ޑޮލަރު ބޭންކުން މާރު ކުރަން މަޖުބޫރު ކުރާނަން: ރައީސް

ޑޮލަރުގެ ކަޅު ބާޒަރު ނައްތާލުމުގެ ގޮތުން ވިޔަފާރި ތަކަށް ލިބޭ ޑޮލަރު ބޭންކުން މާރު ކުރަން މަޖުބޫރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު  މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ  ޑޮލަރު އާމްދަނީ ލިބޭ ވިޔަފާރިތައް ރާއްޖޭގައި ހިންގަމުންދާ ކަމަށެވެ. އެ ވިޔަފާރި ތަކުން ކަޅު ބާޒާރުން ޑޮލަރުވެސް ގަންނަމުންދާ ކަމަށާއި އެކަން ނިމުމަކަށް ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަނީ ޗެންޖާސް ރެގިއުލޭޝަންއަށް ގެނެވޭ ބަދަލުގެ ސަބަބުން އެ ފައިސާ ބްލެކް މާކެޓްގައި މި މާރު ކުރާ މާރު ކުރުން ނިމުމަކަށް އައިސް، ބޭންކަށް މާރު ކުރުން މަޖުބޫރުވާނެ. ވަރަށްގިނަ މީހުން ރުޅި އައިސްދާނެ އަޅުގަނޑުމެން ދެކެ. އެކަމަކު އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފޮރިން އިންވެސްޓްމެންޓު ތަކުގެ ނަފާ ރާއްޖޭގެ ބޭންކު ތަކުގައި ހިފެހެއްޓުމަށް ހިތްވަރު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އަދި ބިޒްނަސް ފްރޮފިޓް ޓެކްސްގެ އެމްއެމްއޭގައި އޮންނަ ގަވާއިދު ވެސް ބަދަލު ކުރާނެ ކަމަށެވެ.

"ބޭރު މީހުން މަނީ އެކްސްޗޭންޖުތައް ހިންގަނީވެސް، މި ތަންތަނުން މި ދެންނެވި ބަދަލުތައް ގެނައީމާ ބޭންކުން އިއުލާންކުރާ ބޭންޑު ތަކަށްވުރެ މަތިން ޑޮލަރު މާރު ކުރަން އުޅޭނަމަ، ރައްޔިތުން އެތަންތަނަށް ނުދިޔައީމަ ނިމުނީ. އެއަށްވުރެ މާ ރަނގަޅަށް ރެގިއުލޭޓް ވެގެން އޭރުން ޑޮލަރު ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *