ރައީސް ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކަކީ އިންވެސްޓަރުންނަށް "ހަބެއް" ކަމަށް

ރައީސް ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކަކީ އިންވެސްޓަރުންނަށް "ހަބެއް" ކަމަށް

ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރި "ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް" ވެގެންދާނީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުގެ މުހިންމު ހަބަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ ބޭންކްގެ ޗެއާރޕާސަން އަދި ސީއީއޯއާ ބައްދަލު ކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން ރައީސް އޮފީހުން އާންމުކުރި ރައީސްގެ ވީޑިޔޯއެއްގައި ވިދާޅުވެފައި ވަނީ ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ތާރީޚީ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިިދާޅުވީ ބޭންކުގެ އިސްވެރިންގެ ގޮތުގައި ހަމަޖެހިފައި ވަނީ އެކަމުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ.

"ދުނިޔޭގެ އެކި ތަންތަނުގައި ވަރަށް ތަޖުރިބާކާރު ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ބޭފުޅެއް ސީއީއޯއަކަށްވެސް ހަމަޖެހިފަ ހުރީ، ޗެއާމަނަކަށްވެސް ހަމަޖެހިފަ މިވަނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކު ރާއްޖޭގައި ގާއިމްކުރެވި، މަސައްކަތް ފެށުމާއެކު، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ރިނިއުބަލް އެނާޖީގެ ދާއިރާއިންނާއި އަދި އެނޫންވެސް އެހެން ދާއިރާ ތަކުން ރާއްޖޭގައި އިންވެސްޓު ކުރާ  ފަރާތްތަކަށް މިއީ ހަބެއް ކަމަށެވެ. އެގޮތުން މި ބޭންކް ވެގެންދާނީ ރިއަލް އެސްޓޭޓާއި ހައުސިން މާކެޓަށްވެސް އިންވެސްޓު ކުރެވޭނެ ހަބަކަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

"ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް" ރައީސް އުފައްދާފައި ވަނީ ހުސްވި މޭ މަހުގެ 16 ވަނަ ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *