ރައީސަށްވެސް ބޭންކަށް އަމުރެއް ނުކުރެވޭނެ، އޭރުން މާލީ ނިޒާމަށް އާންމުންގެ އިތުބާރު ގެއްލޭނެ: މާރިޔާ

ރައީސަށްވެސް ބޭންކަށް އަމުރެއް ނުކުރެވޭނެ، އޭރުން މާލީ ނިޒާމަށް އާންމުންގެ އިތުބާރު ގެއްލޭނެ: މާރިޔާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ރައީސުލްޖުމްހޫރިއްޔާއަށްވެސް އަމުރު ނުކުރެއްވޭނެ ކަމަށާއި، އަމުރު ކުރެއްވިނަމަ އެކަން ބަލައިނުގަނެވޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބީއެމްއެލުން އިއްޔެ ވަނީ އެ ބޭންކުގެ ރުފިޔާ ކާޑު ތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައިފައެވެ. އެ ނިންމުން ފަހުން ބީއެމްއެލުން ވަނީ އަނބުރާ ގެންގޮސްފައެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލުން އެ ބަދަލު ގެނައީ، ރައީސް ޑރ. މުޙަންމަދު މުއިއްޒު ސީދާ އަންގަވާފައި އޮތް ގޮތާ ޚިލާފަށް ކަމަށެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ސައީދުގެ ވާހަކަފުޅުން ދޭހަވަނީ ރައީސް ޑރ މުޙަންމަދު މުއިއްޒު، ބީއެމްއެލްއަށް އަމުރު ކުރައްވަމުން ގެންދަވާކަމެވެ. ރައީސަށްވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"މާލީ ނިޒާމާ ދޭތެރޭގައި އަޅުގަނޑުމެންގެ އިތުބާރު ގެއްލެނީ. އަޅުގަނޑުމެންގެ ބޭންކު އެކައުންޓުތައް، މިހާރު މި ރާއްޖޭގެ ބޭންކު ތަކުގެ ބަހައްޓައިގެން ތިބެން ބިރު ގަންނަ ހިސާބަށް  ދަނީ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މާލީ ނިޒާމަށް މިހާރު އިތުބާރު ނުކުރެވޭ ކަމަށާއި ރައީސް އަންގާ ގޮތެއްގެ މަތިން ބީއެމްއެލުން މީހެއްގެ އެކައުންޓަށް ކޮންމެފަދަ ކަމެއްވެސް ކުރުމުގެ ފުރުޞަތު އެބައޮތްކަން އިއްޔެ މިނިސްޓަރު ސައީދު ދެއްކެވި ވާހަކަފުޅުން ދޭހަވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *