ރުފިޔާ އެކައުންޓުން ކުރެވޭ ޑޮލަރުގެ ހުރިހާ މުއާމަލާތެއް ބީއެމްއެލް އިން މިއަދު ހުއްޓާލައިފި

ރުފިޔާ އެކައުންޓުން ކުރެވޭ ޑޮލަރުގެ ހުރިހާ މުއާމަލާތެއް ބީއެމްއެލް އިން މިއަދު ހުއްޓާލައިފި

ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ކަމަށްވާނަމަ، މިއަދުން ފެށިގެން އެއިން އެއްވެސް ކާޑަކަށް ޑޮލަރުން ކުރާ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ރުފިޔާ އެކައުންޓުން ރާއްޖެއިން ބޭރުގެ އެއްވެސް މުއާމަލާތެއް ޑޮލަރުން މިހާރު ނުކުރެވޭނެ ކަމަށެވެ. މީގެކުރިން އިންނަ ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން ވަނީ އުވާލާފައެވެ.

ބީއެމްއެލް އިން ބުނީ މިގޮތަށް ބަދަލު ކުރަން ޖެހުނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންދާއިރު، ބޭންކަށް ގަންނަން ލިބޭ ފައިސާގެ އަދަދު އިތުރު ވަމުންނުގޮސް އެއްވަރެއްގައި ހިފެހެއްޓިގައި ހުރުމުން ކަމަށެވެ.

މީގެކުރިން ރާއްޖެއިން ބޭރުގެ މުއާމަލާތް ތަކަށް 250 ޑޮލަރުގެ ލިމިޓެއް އިނުމަށްފަހު، ފަހުން ވަނީ 750 ޑޮލަރަށް އެ އަދަދު މަތި ކޮށްފައެވެ. ނަމަވެސް މިހާރު އެ ހުރިހާ ލިމިޓެއް ބޭންކުން ވަނީ މިއަދުން ފެށިގެން އުވާލާފައެވެ.

ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނާއި ކިޔަވާ ކުދިންނަށް ޑޮލަރުގެ ލިމިޓަށް ދެން ހަދާނެ ގޮތެއް ބޭންކުން އަދި ހާމައެއް ނުކުރެއެވެ. އަލުން އިތުރު ގޮތެއް ހަދައިދޭނެ ކަމެއްވެސް ނުދޭނެ ކަމެއްވެސް ހާމައެއް ނުކުރެއެވެ.

ބޭންކުން ބުނީ ޑޮލަރުގެ މި ބަދަލާއި ގުޅިގެން ގިނަ ފަރާތްތަކުން ބޭންކަށް ގުޅަމުން އަންނަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *