އިގްތިސޯދީ ހާލަތަކީ ރައްޔިތުންނަށް ސިއްރު ކުރަންޖެހޭ އެއްޗެއްނޫން: ނިޒާރު

އިގްތިސޯދީ ހާލަތަކީ ރައްޔިތުންނަށް ސިއްރު ކުރަންޖެހޭ އެއްޗެއްނޫން: ނިޒާރު

ގައުމެއްގެ އިގްތިސޯދީ ހާލަތަކީ އެ ގައުމެއްގެ ރައްޔިތުންނަށް ސިއްރު ވާންޖެހޭނެ އެއްޗެއް ނޫން ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ގުޅުވައި އެކްސްގައި ނިޒާރު ވިދާޅުވީ ދިވެހިރާއްޖެ މިވަގުތު އޮތް އިގްތިސޯދީ ޙާލަތުވެސް ރައްޔިތުންނަށް ސިއްރުނުކޮށް ސާފުކޮށް ސަރުކާރުން ކިޔައިދޭންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމަކީ ސިއްރު މައުލޫމާތު ނޫން ކަމަށެވެ.

"އިވޭ އަޑާއި ވަމުންދާ ގޮތަށް ބަލާއިރު ގައުމު މި އޮތީ އިގްތިސާދީ  ގޮތުން ނާޒުކު ހިސާބެއްގައި ކަމަށް ގަބޫލު ކުރެވޭ. މިދަޑިވަޅުގައި އާރާއި ބާރުގެ ބޮޑާކަން ދޫކޮށް ހަމަބިމަށް ތިރިވެ އެންމެން ގުޅިގެން އިތުރަށް ނިކަމެތި ވެނުދާނެ ގޮތެއް ހޯދަން މަސައްކަތް ފަށަންޖެހޭ." ނިޒާރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައިރީގައި އޮތް ސްރީލަންކާއަށް އިގްތިސޯދީ ގޮތުން ދިމާވި ކަންތައްތަކަކީވެސް "ވެރިންގެ ކިބުރުވެރި ކަމާއި ބޮޑާކަން އިސްކުރުމާއި ބަސް ނޭހުމުގެ ނަތީޖާ" ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *