ހަނިމާދޫ އެއާޕޯޓްގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެއާޕޯޓް ބަން ދުކޮށްފި

ހަނިމާދޫ އެއާޕޯޓްގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެއާޕޯޓް ބަން ދުކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)އިން ހިންގާ އެއާޕޯޓެކެވެ.

އާރްއޭސީއެލްގެ އިސް އޮފިޝަލަކު "މާލޭ ޓައިމްސް" އަށް މިރޭ ވިދާޅުވީ ފަޔާ ޓްރަކަށް ދިމާވި މައްސަލަ ހައްލުކުރުމަށް ސްޕެއާ ޕާޓު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެއާޕޯޓުގެ ރެގިއުލޭޝަންގައިވާ ގޮތުން އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކުގައި މައްސަލައެއް ދިމާވެފައިވާނަމަ، އެ އެއާޕޯޓަކަށް ފްލައިޓް ޖެއްސުން މަނާވާނެ އެވެ.

ފަޔާ ޓްރަކަށް ދިމާވި މައްސަލަ ހައްލުކޮށް މާދަމާ ހެނދުނު 6:00 ޖަހަންވާއިރަށް އަލުން އޮޕަރޭޝަން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރުމާ ގުޅިގެން މޯލްޑިވިއަނުން ބުނީ މާދަމާ ހެނދުނު 6:00 އާ ހަމައަށް އެ އެއާޕޯޓަށް ޝެޑިއުލްކޮށްފައިވާ ހުރިހާ ދަތުރުތައް އޮޕަރޭޓް ކުރާނީ ކުޅުދުއްފުށި އެއާޕޯޓަށް ކަަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *