ދައުލަތުގެ ރިޒާވް ހުސްވެއްޖެ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު: އެމްއެމްއޭ

ދައުލަތުގެ ރިޒާވް ހުސްވެއްޖެ ކަމަށް ދެކެވޭ ވާހަކައަކީ ދޮގު: އެމްއެމްއޭ

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގައި ހުރި ދައުލަތުގެ ޑޮލަރުގެ ރިޒާވް ހުސްވެއްޖެ ކަމަށް ފެތުރެމުން ދަނީ ދޮގު ވާހަކައެއް ކަމަށާއި، ރިޒާވް ހުސްނުވާ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރިޒާވް ހުސްނުވާ ކަމަށާއި، ރިޒާވް ވާނީ އިތުރު ކަމަށެވެ. އެމްއެމްއޭއިން ބުނީ ބަޔެއް މީޑިޔާ ތަކުގައި ދައުލަތުގެ ޑޮލަރުގެ ރިޒާވް ހުސްވެއްޖެ ކަމަށް ފަތުރާފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ޚަބަރެއް ކަމަށެވެ.

އެމްއެމްއޭއިން ބުނީ ރިޒާވްގެ މައުލޫމާތު ކޮންމެ މަހަކު އެ ފަރާތުން ހާމަ ކުރަމުންދާ ކަމަށާއި، ޖުލައި މަސް ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ހުރި ޑޮލަރު މި ހިނގާ އޮގަސްޓް މަސް ނިމޭއިރު އިތުރުވާނެ ކަމަށެވެ. ދައުލަތުގެ ރިޒާވް އެއްކޮށް ހުސްވެއްޖެ ކަމަށް ބަޔެއް މީޑިޔާ ތަކުން ޚަބަރު ގެނެސްފައިވާތީ އެކަމާ ކަންބޮޑުވާކަންވެސް އެމްއެމްއޭއިން ހާމަ ކޮށްފައިވެއެވެ.

އެމްއެމްއޭއިން ޖުލައި މަހު އާންމު ކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރީ 509.2 މިލިއަން ޑޮލަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *