އަނެއްކާވެސް ބިދޭސީންގެ ދަންތުރައެއް- ދުފާ ހުނީގެ ބަދަލުގައި ކޯނީސް ޕައުޑަރު ވިއްކަނީ

އަނެއްކާވެސް ބިދޭސީންގެ ދަންތުރައެއް- ދުފާ ހުނީގެ ބަދަލުގައި ކޯނީސް ޕައުޑަރު ވިއްކަނީ

މިއަދު އަނެއްކާވެސް މިވަނީ ބިދޭސީން ކާބޯތަކެތި ތައްޔާރު ކުރުމުގެ އެހެން ދަންތުރައެއްގެ ވާހަކަ ތިލަ ވެފައެވެ.

ސޯޝަލް މީޑިޔާގައި މިކަން އާންމުންގެ ސަމާލު ކަމަށް ގެނައި މީހާ ބުނެފައި ވަނީ ބިދޭސީން ތިބޭ ބަޔެއް ހޮޓާ ތަކުން، ދުފާއެއްޗެހި ގެންނައިރު، ދުފަން ބޭނުންކުރާ ހުނީގެ ބަދަލުގައި ކޯނީސް ޕައުޑަރު ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކޯނީސް ޕައުޑަރުވެސް ހުންނަނީ ދުފާ ހުންޏާ އެއްކަހަލަ ގޮތަކަށެވެ.

ކޯނީސް ޕައުޑަރަކީ އިމާރާތް ކުރުމުގައި އަދި ސީލިންގ ކުރުމުގައި ބޭނުންކުރާ އެއްޗެކެވެ. އޭގެ ޕައުޑަރު ހުންނާނީ ހުދު ކުލައިގެ ޕުޓީއެއް ގޮތަށެވެ. ސީލިންގގެ ކައިރީގައި އަޅާފައި ހުންނަ ކޯނީސް މުގުރައިގެންވެސް މި އުފެއްދިދާނެއެވެ. ކެމިކަލްއާއެކުވެފައިވާ ކޯނިސް ޕައުޑަރު ހެދުމުން ބަލާ ބެލުމަށް އެވެސް ހުންނާނީ ދުފަން ބޭނުން ކުރާ ހުނި ގޮތަށެވެ.

ދުފާ ހުންޏަކީ މޫދުގައި ހުންނަ މުރަކަ ނުވަތަ ގާ އަންދައި ވިރުވައިގެން ދިވެހިން ތައްޔާރު ކުރަމުން އައި އެއްޗެކެވެ. އޭގައި އެއްވެސް ކަހަލަ ކެމިކަލެއް އެކުލެވިގެން ނުވެއެވެ.

ސޯޝަލް މީޑިޔާގައި މީހަކު ބުނެފައި ވަނީ ބިދޭސީން ތިބޭ ހޮޓާ ތަކުގައި ކޯނީސްޕައުޑަރު ވިއްކަމުންދާ ކަމަށާއި، އެ ތަކެތި ކެއުމުން ބަޔެއް މީހުން ފިޓުޖެހި، ހިންގުން އަވަސްވުމާއި، ގަދައަށް ދާހިއްލުން ފަދަ އެކިކަހަލަ ސިއްޙީ ނުރައްކާ ވަމުން އަންނަ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ ދުފާ ހުނީގެ ބަދަލުގައި ކޯނީސް ޕައުޑަރު ވިއްކަމުންދާ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *