ތިލަފުށިން ނުއަގުގައި ބިން އެބަވިއްކާ، މޭޒުދޮށުން ކަންތައްތަކެއް އެބަހިންގާ: ޔާމީން

ތިލަފުށިން ނުއަގުގައި ބިން އެބަވިއްކާ، މޭޒުދޮށުން ކަންތައްތަކެއް އެބަހިންގާ: ޔާމީން

ސަރުކާރުން ދަނީ ނުއަގުގައި ތިލަފުށިން ބިން ވިއްކަމުން ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުން ތަރައްގީ ކުރަން ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންތައް މިދިޔަ އެމްޑީޕީގެ ސަރުކާރުން ވިއްކާލާފައިވާ ކަމަށެވެ. އެ މުއާމާލުން ފައިދާވި މީހުންވެސް ނޭނގޭ ކަމަށާއި، ހުޅުމާލެއިން ބިން ވިއްކި އެ މައްސަލަވެސް މި ސަރުކާރަށް ނުބެލޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"މި ސަރުކާރުން އެއަށްވުރެ ބޮޑަށް އެކަން އެބަ ކުރެޔޭ. ތިލަފުށީގައި 15 ރުފިޔާއަށް އަކަފޫޓަކަށް ހުރި ބިން މިއަދު ވިއްކަނީ 5 ރުފިޔާއަށް އަކަފޫޓެއް. ދެން ކިހިނެއްތޯ މި މައްސަލަތައް ބަލާނީ." ޔާމީން ވިދާޅުވިއެވެ.

"މިއީ އިގުތިސޯދީ ގޮތުން ދަތި ދުވަސް ތަކެއް. ނުޖެހޭ ބިން ވިއްކާކަށް ނުއަގުގައި. ލޭންޑް ޕްރައިސްއަކީ އަބަދުވެސް އެޕްރެއިސް ވާނެ އެއްޗެއް. ދަށަކަށް ނުދާނެ އިނގޭތޯ" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ތިލަފުށިން ބިން ވިއްކުމުގެ މުއާމަލާތުގައި މޭޒުގެ ދަށުން ކަންތައްތަކެއް ހިނގަމުންދާ ކަމަށެވެ. ރައްޔިތުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ސަރުކާރަށް އޮތްއިރުވެސް ރައްޔިތުންގެ ހައްގުގައި އެއިން މެންބަރަކު ވާހަކަ ނުދައްކަވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *