"ދިޔަރެސް" ގައި ލިޔެފައި އޮތް ދޮގު ވާހަކަ ތަކަށް ވަރުގަދަ ރައްދެއް ދެއްވައި ހަގީގަތް ޝާހިދު ކިޔައިދެއްވައިފި

"ދިޔަރެސް" ގައި ލިޔެފައި އޮތް ދޮގު ވާހަކަ ތަކަށް ވަރުގަދަ ރައްދެއް ދެއްވައި ހަގީގަތް ޝާހިދު ކިޔައިދެއްވައިފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދަރިން ހުޅުމާލެއިން އަގުބޮޑު ފްލެޓް ތަކެއް ގަނެފައިވާ ކަމަށް އޮންލައިން ނޫސް "ދިޔަރެސް" ގައި ލިޔެފައިވާ ލިޔުމަށް ރައްދު ދެއްވައި އެކަމުގެ ހަގީގަތް ޝާހިދު ސާފު ކޮށްދެއްވައިފިއެވެ.

"ދިޔަރެސް" ނޫހުގައި އޮތް އެ ވާހަކަ ތަކާއި ގުޅިގެން އެކްސް އަދި ފޭސްބުކް މެދުވެރިކޮށް ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެގޮތަށް އެ ނޫހުގައި އެ ވާހަކަ ލިޔެފައި ވަނީ އެމަނިކުފާނުގެ އާއިލާގެ އަބުރު ކަތިލުމުގެ މަގްސޮދުގައި ކަމަށެވެ.

އެ ވާހަކަ ތަކަށް ރައްދު ދެއްވައި އަދި އެކަމުގެ ހަގީގަތް ހާމަ ކުރައްވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ޔަމީން، ރެއިންކުރެސްޓް އިން އެޕާރޓްމެންޓް ގަނެފައި ވަނީ ބޭންކް އިން ލޯނެއް ނަގައިގެން ކަމަށެވެ. އަދި އެ ލޯނު މިހާރުވެސް ޔަމީން އަނބުރާ ދައްކަވަމުން ގެންދަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ދިޔަރެސްގައި އޮތް އެ ވާހަކަ އެކްސްގައި ޝެއާރ ކުރައްވައި ޔަމީންވެސް ވިދާޅުވެފައި ވަނީ އެޕާޓްމަންޓް ގަނެފައި ވާނީ ބޭންކުން ލޯނެއް ނަގައިގެން ކަމަށާއި، އަދި ލޯނު މިހާރުވެސް ގެންދަވަނީ އަނބުރައި ދައްކަވަމުން ކަމަށެވެ.

"ދިޔަރެސްގައި އެބުނާ އެޕާރޓްމެންޓްތައް ގަނެފައި ވަނީ އަޅުގަނޑު ސަރުކާރުގެ ވަޒީރު ކަމުގައި ހުރި މިދިޔަ 5 އަހަރުގެ ތެރޭގައެއް ނޫނެވެ. އަޅުގަނޑަކީ އޭރު މިހާރެކޭވެސް އެއްފަދައިން އިދިކޮޅުޕާރޓީގެ މީހެކެވެ." ދިޔަރެސްގައި އޮތް ވާހަކަތަކާއި ގުޅިގެން ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ އާއިލާ ބޭފުޅުން ހުޅުމާލެއިން އެޕާޓްމަންޓް ތަކެއް ގަތް ކަމަށް ދިޔަރެސްގައި އޮތް ޚަބަރައް ވަރުގަދަ ރައްދެއްވައި ވިދާޅުވީ އެމަނިކުފާނަކީ މާލޭގައި 10 ބުރީގެ އެޕާޓްމަންޓް ބިލްޑިންގއެއް އިމާރާތްކޮށް، ކުއްޔަށް ދިނުމުގެ ވިޔަފާރި ޒަމާންތަކެއް ވަންދެން ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ.

"الله ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުގެ ޢާއިލާއަށް ބޭނުންވާ ކަންތައްތައް ޤާނޫނުގެ އިމުގެތެރޭގައި ކުރެވޭވަރުގެ ތަނަވަސްކަން ވަނީ މިންވަރު ކުރައްވާފައެވެ. ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ދަރިންނަކީވެސް ދިވެހި ރައްޔިތަކަށްވީތީ، މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު ޤާނޫނު އަސާސީގެ 40 ވަނަ މާއްދާއިން ލިބިދީފައިވާ ބަޔެއް ކަމަށެވެ. އަދި އެކަންކަމާމެދު ސުވާލު އުފައްދާ ފަރާތްކަށް ޝާހިދު ގޮވާލެއްވީ، އަބުރު ކަތިލައި އަދި ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި، ގަނާ ކުރުމުގެ ބަދަލުގައި އޭސީސީއަށް މައްސަލަ ހުށަހަޅައިގެން އެކަން ބެލުމަށެވެ.

"މިކަމާމެދު ސުވާލު ކުރައްވާ ފަރާތް ތަކުން އަބުރުކަތިލާ ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި ގަނާ ކުރުމުގެ ބަދަލުގައި ޤާނޫނީ އިމުގެތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ހުށަހަޅުއްވައި އެކޮމިޝަނުން މިކަންކަން ބެއްލެވުމަށް މަރުޙަބާކިޔަމެވެ." ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *