އޯކޭ ޒާހިރު. އެންމެފަހުން އޮތް ރިޔާސީ އިންތިޚާބުގައި ކޮލަމްބޯގައި ކުރިޔަށްދިޔަ ކެމްޕޭނުގައި އެމްޑީޕީން ބޭއްވި ސިޔާސީ އިވެންޓެއްގައި ވާހަކަ ދައްކަވަނީ.

ވިޔަފާރިވެރިޔާ އަދި ސިޔާސީ ދާއިރާގައި އުޅުއްވި އޯކޭ ޒާހިރު ނިޔާވެއްޖެ

ވިޔަފާރިވެރިޔާ އަދި ސިޔާސީ ދާއިރާގައި އުޅުއްވި އޯކޭ ޒާހިރު ނިޔާވެއްޖެ

ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙަންމަދު ޒާހިރު (އޯކޭ ޒާހިރު) މިއަދު ނިޔާ ވެއްޖެއެވެ.

ޒާހިރު ނިޔާވިއިރު އުމުރަކީ 76 އަހަރެވެ. ސްރީލަންކާއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިގެން އުޅުއްވާ ޒާހިރު ނިޔާވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ފަތިހު 4:30 ގައި ލަންކާގެ އާސަރީ ހޮސްޕިޓަލުގައެވެ. އަވަހާރަވީއިރު ޒާހިރުގެ އަނބިކަނބަލަކާއި 9 ދަރިން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

ކުރިން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރެއްވި ޒާހިރަކީ ސިޔާސީ ކަންކަމުގައި އަބަދުވެސް އުޅުއްވާ ބޭފުޅެކެވެ. އެގޮތުން އެމްޑީޕީ އުފެދުނީއްސުރެ ސިޔާސީ އިސްލާޙީ ހަރަކާތް ތަކުގައި  ޒާހިރު އުޅުއްވިއެވެ. އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގައިވެސް ޒާހިރު ވަނީ ސްރީލަންކާގައި އަމަލީ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕޭންގައި އުޅުއްވާފައެވެ. އެމްޑީޕީ އުފެދިގެން އައި ދުވަސްވަރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުކަންވެސް ޒާހިރު ކުރެއްވިއެވެ.

ޒާހިރަކީ އުފެއްދުންތެރި އަދި އިޖާދީ މަސައްކަތް ތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގައި ވިމް ޕައުޑަރު (ތިރުނަ ޕައުޑަރު)، ބްލީޗިން ލިކުއިޑް (ފަސޭހަ ލިކުއިޑް)، އުއްބައްތި (ރީތިއަލި)، މޫނުގައި ޖަހާ ފުށް (ރެހެންދި ޓެލްކަމް ޕައުޑަރު)، ހާޕިކް ލިކުއިޑް (ސާފް ލިކުއިޑް) އުފައްދައިފައެވެ. އަދި މަހުގެ ބާވަތްތަކާއި ހުއިފިލަނޑާވެސް އޭނާ އެކްސްޕޯޓު ކުރެއްވިއެވެ. އޭނާ ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގައިވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ.

ވިޔަފާރީގައި ޒާހިރު ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 1993 ވަނަ އަހަރު، އިގްތިސާދީ މަސައްކަތް ކުރިއެރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ގައުމީ އިނާމުވެސް ޒާހިރަށް ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *