‎ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް މިއަދު ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

‎ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން ފާހަގަ ކޮށްފި

‎ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުން ފާހަގަ ކޮށްފި

ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް، ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައިކޮމިޝަނުގެ ފަރާތުން ރާއްޖޭގައި ފާހަގަ ކޮށްފިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހަކީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހެވެ. ޕާކިސްތާނު ހައިކޮމިޝަނުގައި އޮތް މި ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންގެ އިތުރުން ދިވެހިންވެސް ބައިވެރި ވެފައިވެއެވެ.

ޕާކިސްތާނު ހައިކޮމިޝަނުގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެހެން ހަރަކާތް ތަކުގައި އިސްކޮށް ހުންނެވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގިލާނީއެވެ. ދިދަ ނަންގަވައި ދެއްވީވެސް ސަފީރެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޕާކިސްތާނުގެ ރައްޔިތުންނަށް ދެއްނެވިއެވެ.

‎ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް މިއަދު ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

 

ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުހިންމުކަން ފާހަގަ ކުރައްވަމުން، ހައި ކޮމިޝަނަރު ވަނީ އެ  ޤައުމުގެ "ބައްޕަ" ޤާއިދު އަޒަމް މުޙައްމަދު ޢަލީ ޖިނާއަށާއި ޕާކިސްތާނުގެ މިނިވަން ކަމުގެ ހަރަކާތުގެ އެހެނިހެން ލީޑަރުންނަށްވެސް ތަޢުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެ ބޭފުޅުންގެ ދުރުވިސްނުންތެރި ލީޑަރޝިޕާއި ޤުރުބާނީ ތަކުގެ ސަބަބުން ވަތޮނުގެ ހުވަފެން، ޙަޤީޤަތަކަށް ވެގެން ދިޔަ ކަމަށް ހައިކޮމިޝަނަރު ވިދާޅުވިއެވެ. އަދި މިހާރުގެ ކުރިއެރުމާއި ތަރައްޤީއާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވައި، ޕާކިސްތާނުގެ އެކި ދާއިރާ ތަކުގައި ހުރި ފުރުޞަތުތައް ސަފީރު ފާހަގަ ކުރެއްވިއެވެ.

ޕާކިސްތާނު ހައިކޮމިޝަނުގެ ވާހަކަފުޅުގައި ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދިވެހިންނަށް ލިބެމުންދާ ގެއްލުންތަކަށްވެސް އަލިއަޅުވާލެއްވިއެވެ. އަދި އަބަދުވެސް އެދިވަޑައިގަންނަވަނީ ދިވެހިރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ކަމަށް ހައިކޮމިޝަނަރު ވިދާޅުވިއެވެ. ކުރިއަށް އޮތް އަހަރު ތަކުގައި ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަޤީންކަންވެސް ސަފީރު ދެއްވިއެވެ.

‎ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް މިއަދު ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

 

 

މި ރަސްމިއްޔާތުގައި، ހައިކޮމިޝަނުގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤުރްނައިން އަޙްމަދު މެހެމާނުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިވި ދިވެހިންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގައި  ދިރިއުޅޭ ޕާކިސްތާނުގެ ކުޑަކުދިން ވަނީ އެ ގައުމުގެ ސަޤާފީ ހެދުމުގައި ޤައުމީ ލަވަތައް ހުށަހަޅައިދީ، ހިތްގައިމު އައިޓަމްތަކެއް ގެނެސްދީފައެވެ. އަދި މިނިވަން ދުވަހުގެ ކޭކު ފެޅުންވެސް އޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *