ލަންކާގެ ރައީސް ކަމަށް ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ކުރިމަތިލާން ނިންމައިފި

ލަންކާގެ ރައީސް ކަމަށް ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ކުރިމަތިލާން ނިންމައިފި

އަންނަ ސެޕްޓެމްބަރ މަހު ސްލީކަންކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެސްއެލްޕީގެ ފަރާތުން އެޕާޓީގެ ޒުވާން ލީޑަރ ނަމާލް ރާޖަޕަކްސަ ވާދަ ކުރުމަށް ނިންމައިފިއެވެ.

ނަމާލް ރާޖަޕަކްސަ އެ ޕާޓީން ވާދަ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ނަން ފޮނުވަން ހަމަޖެއްސީ ކުރިން އެޕާޓީން ރައީސް ކަމަށް ވާދަ ކުރުމަށް ޓިކެޓް ދީފައިވާ ކެސިނޯ ރަސްގެފާނު ދަމްމިކާ ޕެރޭރާ ޓިކެޓް ދޫކޮށްކޮށްލަން ނިންމުމާއި ގުޅިގެންނެވެ.

އުމުރުން 38 އަހަރުގެ ނަމާލް ރާޖަޕަކްސަ އަކީ މި އިންތިޚާބުގައި ވާދަކުރައްވާ އެންމެ ޒުވާން ކެނޑިޑޭޓެވެ. ކާމިޔާބު ވެއްޖެނަމަ ސްރީލަންކާގެ އެންމެ ޒުވާން ރައީސަކަށްވެސް އޭނާ ވާނެއެވެ. އެގައުމުގެ ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދޮށީ ދަރިކަލުން ނަމާލް ރާޖަޕަކްސައަކީ ޔުނިވާރސިޓީ ލަންޑަން އިން ޤާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކޮށްފައިވާ ފަރާތެކެވެ.

ނަމާލް ރާޖަޕަކްސާ އަކީ 2010 ވަނަ އަހަރުން ފެށިގެން ޕާލަމެންޓުގައި ހަމްބަންޓޯޓާ ޑިސްޓްރިކްޓް ތަމްސީލު ކުރައްވާ މެންބަރެވެ. އަދި 2020 ވަނަ އަހަރު އޮތް އޭރުގެ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަންވެސް ކުރައްވާފައި ވަނީ ނަމާލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *