މަސްތުވާތަކެތީގެ ބޮޑުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

މަސްތުވާތަކެތީގެ ބޮޑުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ޖަދުވަލު 1 ގައި ހިމެނޭ މަސްތުވަތާކެތީގެ ބަރުދަނުގައި 500 ގްރާމަށް ވުރެ ގިނައިން އެތެރެ ކުރިކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު އިއްވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލު ކުރަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ޑްރާފްޓްކޮށް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވި އެ ޑްރާފްޓުގަައި ބަޔާން ކޮށްފައި ވަނީ ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު އިއްވޭނެ ކަމަށެވެ. ކުރިން މި މާއްދާ އޮތް ގޮތުން އެ މީހަކަށް ދެވޭނެ އަދަބަކީ އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލުމާއި 100،000 ރުފިޔާ އާއި 1،000،000 މިލިއަން ރުފިޔާގެ ދެމެދު ޖޫރިމަނާ ކުރުމެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލުގައި 1 ވަނީ 139 ބާވަތެއްގެ މަސްތުވާތަކެތި ހިމަނައިފައެވެ. ޑްރާފްޓު ބިލުގައި ބަޔާން ކޮށްފައި ވަނީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތު ވެއްޖެނަމަ، މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަން ވިސްނާ އިސްލާހު ތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހުރީ ޑްރަގު ކޯޓަށް އިތުރު ބާރުތައް ދިނުމާއި ރިހެބިިލިޓޭޝަނާ ގުޅޭ މާއްދާ ތަކަށް ގެންނަ އިސްލާހު ތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފި ކުކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމަނާފައިވެއެވެ. އެގޮތުން މަަސްތުވާ ތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެ ކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށް ދިނުމަކީވެސް ޓްރެފިކް ކުރުން ކަމަށް ބިލުގައި ހިމަނާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *