ގޭންގު މީހުން ވަޒީފާ ތަކުން ވަކިކޮށް މަގާމު ތަކަށް ނުލެވޭގޮތް ހަދަން ހަރުކަށި ބިލެއް ފޮނުވައިފި

ގޭންގު މީހުން ވަޒީފާ ތަކުން ވަކިކޮށް މަގާމު ތަކަށް ނުލެވޭގޮތް ހަދަން ހަރުކަށި ބިލެއް ފޮނުވައިފި

ގޭންގު ލީޑަރުންނާއި މެންބަރުން ކަނޑައަޅައި، އެ ފަރާތްތައް ސަރުކާރުގެ ވަޒީފާ ތަކުން ވަކި ކުރުމާއި އިންތިޚާބީ މަގާމު ތަކަށް ކުރިމަތި ނުލެވޭ ގޮތަށް ހަރުކަށި އަދަބު ލިބޭ ބިލެއް ސަރުކާރުން ޑްރާފްޓު ކޮށްފިއެވެ.

އެ ބިލުގައިވާ ގޮތުން ގޭންގެއްގެ ބައެއް ސިފަ ތަކަކީ ވަކި ސިޓީއެއް، ރަށެއް، ގޯޅިއެއް އަދި ޕާކެއް ފަދަ ސަރަހައްދަކީ އެ ފަރާތެއްގެ ތަނެއް ކަމަށް ބެލެވޭނެ ގްރެފިޓީއެއް ނުވަތަ ނިޝާނެއް ކުރެހުން ނުވަތަ އެ ސަރަހައްދެއްގައި ގިނަ ވަގުތު ހޭދަ ކުރުން ކަމަށެވެ.

އަދި ބަޔަކު އާންމުކޮށް ގޮސް އުޅޭ ސަރަހައްދުގައި ގިނަ ވަގުތު ހޭދަ ކުރާ ބަޔަކަށް ކަން ކުރަންވީ ގޮތް ކިޔައިދޭ ބަޔަކު ތިބި ކަމަށް އެ މީހުންގެ މެދުގައި ގަބޫލު ކުރާކަން ފުލުހުންގެ ރެކޯޑު ތަކުން ދެއްކުން ހިމެނެމަކީ ގޭންގު މެންބަރެއް ކަމަށް ބެލެވޭނެއެވެ. ގޭންގު މެންބަރެއްގެ ބައެއް ސިފަތައް ކަމުގައި އެ ބިލުގައި ބުނެފައި ވަނީ އޭނާއަކީ ގޭންގު މެންބަރެއް ކަމަށް އެއްބަސްވާ ފަރާތްތަކާއި ކުށް ކުރާ ގޭންގުތަކާއި ގުޅިފައިވާ ޓެޓޫ ނުވަތަ ނިޝާނެއް ހުރުމާއި ގޭންގު ލީޑަރެއް ނުވަތަ މެންބަރެއްގެ ފަރާތުން މާއްދީ ފައިދާއެއް ލިބިފައިވުން ހިމެނެއެވެ.

ގޭންގު ލީޑަރެއް ކަމަށް އެ ގާނޫނުގައި ބުނެފައިވާ ބައެއް ކަންކަމުގެ ތެރޭގައި ގޭންގު ހަރަކާތް ހިންގުމަށް ބޭނުން ކުރާ ވަސީލަތްތަކާއި ކަންކަން މެނޭޖުކޮށް ބަލަހައްޓައި ވަކި އަމަލެއް ކުރަން ނުވަތަ ނުކުރަން ގޮތް ނިންމުމުގެ ބާރު ލިބިފައިވާ ފަރާތަކަށްވުމެވެ. ގޭންގެއްގެ އެހެން މެންބަރެއްގެ މައްޗަށް ބާރު ހިންގާ ފަރާތަކަށް ވުމާއި، އެ މީހަކީ ގޭންގެއްގެ ލީޑަރެއް ކަމަށް ފުލުހުންގެ ތަހުގީގަކަށް އެއްބަސްވެފައިވާ ފަރާތަކީވެސް ގޭންގު ލީޑަރެއް ކަމުގައި ބެލޭނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.
އެ ބިލުގައި ވަނީ ކުށް ކުރާ ގްރޫޕް ތަކުގެ ނަމުގައި ހިންގާ ކްލަބް ޖަމިއްޔާތަކާއި ވިޔަފާރިތައް ހުއްޓުވުމަށްވެސް މާއްދާތަކެއް ހިމަނާފައިއެވެ. އެގޮތުން ގާނޫނުގެ ދަށުން ކަނޑައަޅާ ގޭންގަކަށް ނުވަތަ އެ ގޭންގެއްގެ ނަން ނުވަތަ ނަމުގެ ބައެއްވެސް ހިމެނޭހެން ބޭނުން ކުރެވޭ ގޮތަށް އެއްވެސް ގާނޫނީ ޝަހުސެއް ރަޖިސްޓްރީ ކޮށްދީގެން ނުވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *