ރަސްމީ ދަތުރެއްގައި ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންފި

ރަސްމީ ދަތުރެއްގައި ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަ ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ހަވީރު ރާއްޖެ ވަޑައިގެންފި އެވެ.

ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނެވީ މިނިސްޓަރު ޒަމީރުގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުގައި ޖައިޝަންކަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި އިންޑިއާގެ ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތްތައް އޭނާ ބައްލަވައިލައްވާނެ ކަމަށެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ގިނަ މަޝްރޫއުތަކެއް މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސިޓީއަށް ވެސް ޖައިޝަންކަރު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރު ނިންމަވާލެއްވުމަށްފަހު އޭނާ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއިން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *