ދައުލަތުގެ ޚަރަދާއި އާންމުދަނީ އަދި ދަރަނީގެ މައުލޫމާތު ސިއްރު ކުރަން ނިންމައިފި

ދައުލަތުގެ ޚަރަދާއި އާންމުދަނީ އަދި ދަރަނީގެ މައުލޫމާތު ސިއްރު ކުރަން ނިންމައިފި

ދައުލަތުގެ ޚަރަދާއި އާމްދަނީ އާއި ދަރަނީގެ ސިޔާސަތު ސިއްރު ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެމ ަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިއްޖެއެެވެ.

އެކަން ސިއްރު ކޮށްދިނުމަށް ކޮމިޓީގައި އެދުނީ ފިނޭންސް މިނިސްޓްރީން އެކަންކަމާބެހޭ މައުލޫމާތު ކޮމިޓީއަށް ފޮނުއްވުމަށްފަހުގައެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މާލީ ކަންކަމާ ގުޅޭ ތިން ލިޔުމެއް މާލީ ވުޒާރާއިން ކޮމިޓީއާ ހިއްސާކ ޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ދެ ލިޔުމެއް ސިއްރު ކޮށްދޭން މިނިސްޓްރީން އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަަވެސް އެކަން ސިއްރުތޯ، ނުވަތަ ނޫންތީޯ، ނިންމާނީ ކޮމިޓީން ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މާލިއްޔަތުގެ ގާނޫނުގެ ދަށުން ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުވާފައިވާ މައުލޫމާތު ތަކުގެ ތެރޭގައި މިއަހަރުގެ ދެވަނަ ކުއާޓާރ ނިމުނުއިރު ދައުލަތަށް ނަގާފައިވާ ލޯނާއި ދައުލަތުން ސޮވްރިން ގެރެންޓީދީގެން ދޫކޮށްފައިވާ ލޯނާބެހޭ މައުލޫމާތު ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން 2024 ވަނަ އަހަރުން 2026 ވަނަ އަހަރަށް މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖިީ ނުވަތަ އާމްދަނީ އާއި ހަރަދުގެ ސިޔާސަތު އަންގައިދޭ ބަޔާނާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ ނުވަތަ ދައުލަތުން ދަރަންޏާ ގުޅޭ ސިޔާސަތު ގެންގުޅޭނެ ގޮތުގެ ބަޔާންވެސް އޭގެތެރޭގައި ހިމެނެއެވެ.

ފިނޭންސް މިނިސްޓްރީން އެ މައުލޫމާތުތައް ސިއްރު ކޮށްދިނުމަށް އެދިފައިވާ ގޮތަށް ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ. ތާއީދު ކުރެއްވީ ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދ ސަލީމެވެ. އެހުށަހެޅުމާ އެއްގޮތަށް ކޮމިޓީ ސިއްރު ކުރަން ފާސް ކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *