2163731060

ލުބުނާން ބޮޑު ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައި: ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުން ލުބުނާނުން ފައިބަން އަންގައިފި

ލުބުނާން ބޮޑު ހަނގުރާމައެއްގެ ވިލާގަނޑުގެ ދަށުގައި: ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުން ލުބުނާނުން ފައިބަން އަންގައިފި

ލުބުނާނާއި ދެކޮޅަށް ހުޅަނގުގެ ބާރު ތަކުން ވަރުގަދަ ހަނގުރާމައެއް ފަށަން އުޅޭ ކަމުގެ އަޑު ގަދަ ވެއްޖެއެވެ.

ހުޅަނގުގެ ނޭޓޯގެ އަސްކަރީ ކޯލިޝަނުން ހިޒްބުﷲ ޖަމާއަތާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަން ތަކެއް ފަށާނެ ކަމަށް ބެލެވިފައި ވެއެވެ. އިޒްރޭލުން ވަނީ ހިޒްބުﷲ ގެ ހަމަލާތައް ހުއްޓުވުމަށް ނުކުޅެދިފައެވެ.

އެގޮތުން އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ލުބްނާން ދޫކޮށް ވަގުތުން ދިއުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ވަނީ އަންގާފައެވެ. އަދި ގިނަ އެއަރލައިން ތަކަކުންވެސް މިހާރު ވަނީ އީރާނަށާއި، އިޒްރޭލަށާއި ލުބްނާނަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ.

އަނެއްކާވެސް މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ކޮޅުމަތި މިދަނީ ފެންނަމުންނެވެ. މިއީ ދުނިޔެއަށް ތަހަންމަލް ކުރެވޭނެ ވަރަށް ވުރެ ބޮޑު މުސީބާތެކެވެ. މެދުއިރުމަތީގައި ހިނގާ މިފަދަ ހަނގުރާމަ ތަކުގެ ސަބަބުން މުޅި ދުނިޔެއަށް އެކަމުގެ އުނދަގޫތަކާއި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ.

އިޒްރޭލުން ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ މިދިޔަ ބުދަ ދުވަހު އަވަހާރަ ކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހް ނުތަނަވަސް ވަމުން ދާއިރު، އިޒްރޭލާ ދެކޮޅަށް ވަރުގަދަ ހަނގުރާމަ އެއް އީރާނުން އިސްވެ އޮވެ ކޮންމެ ވަގުތެއްގައިވެސް ފަށާފާނެ ކަމަށް ވަނީ ބެލެވިފައެވެ.

އީރާނުގައި ހުންނަވަނިކޮށް ހަނިއްޔާ އަވަހާރަކޮށްލިއިރު އޭގެ ގަޑިއިރު ތަކެއް ކުރިން ލުބުނާނަށް ހަމަލާދީ ހިޒްބުﷲ ގެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދް ޝުކްރު އިޒްރޭލުން ވަނީ އަވަހާރަ ކޮށްލާފައެވެ. ގާތްގާތުގައި ދިން މި ދެހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުންނާއި ހިޒްބުﷲ އިން އިޒްރޭލަށް ވަނީ ދީފައެވެ.

ހުޅަނގުގެ ގައުމު ތަކުގެ ރައްޔިތުން ލުބުނާނުން "ޓިކެޓް ލިބެން އޮތް ގޮތަކަށް ހޯދައިގެން އަވަހަށް ފުރުމަށް" އެންގި އިރު، އިޒްރޭލް ދިފާއު ކޮށް ދިނުމަށް އިތުރު ހަނގުރާމަ މަތީ މަނަވަރަކާއި ފައިޓަރ ޖެޓް ތައް މެދުއިރުމަޗަށް ފޮނުވާނެ ކަމަށް ވަނީ ބުނެފައެވެ.

މަސްރަހް ދުވަހެއް ދުވަހަކަށް ހޫނުވަމުން ދާއިރު ކެނެޑާ އިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އިޒްރޭލަށް ދަތުރު ނުކުރުމަށް ކެނެޑާ ރައްޔިތުންނަށް އިރުޝާދު ދީފައެވެ. އަނެއްކޮޅުން، ޑަޗް އެއަރލައިން އާއި، ލުފްތާންސާ، އެމިރޭޓްސް، އެއަރފްރާންސް، ޓާކިޝް އެއަރލައިންސް، ސިންގަޕޯރ އެއަރލައިންސް އަދި ސްވިސް އެއަރލައިން ގެ ދަތުރުތައް އިޒްރޭލަށާއި، އީރާނަށާއި، ލުބުނާނަށް ކުރުން ވަނީ ހުއްޓާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *