65 އަހަރުވީ 23 ހާސް މީހުންނަށް މަހަކު 100 މިލިޔަން ރުފިޔާ ދޫކުރަން: ޕެންޝަން އޮފީސް

65 އަހަރުވީ 23 ހާސް މީހުންނަށް މަހަކު 100 މިލިޔަން ރުފިޔާ ދޫކުރަން: ޕެންޝަން އޮފީސް

އުމުރުން ދުވަސްވީ މީހުންނަށް އަސާސީ ޕެންޝަނުގެ ގޮތުގައި 23،000 މީހުންނަށް ކޮންމެ މަހަކު 100 މިލިޔަން ރުފިޔާ ދޫކުރަމުންދާ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ސަރުކާރުގެ ޕެންޝަންގައި މިހާރު ހިމެނެނީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ. ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމަކީ 65 އަހަރުގެ މީހުންނަށް ދޫކުރާ 5000 ރުފިޔާއެވެ. ދެން ހިމެނެނީ ސިފައިންނާއި ފުލުހުންނާއި ކަސްޓަމް ހިމެނޭގޮތަށް ޤާނޫނުގައި ކަނޑައަޅާފައިވާ ބައެއް މުއައްސަސާ ތަކުގެ ވަޒީފާގައި ހިމެނޭ ފަރާތްތައް ރިޓަޔާރ ކުރުމުންދޭ ޕެންޝަނެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓާރ އިންވެސްޓްމަންޓް އައިމިނަތު އިރާޝާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 122،000 މީހުންނަކީ މަސައްކަތްކުރާ މީހުންގެ އާބާދީއެވެ. އެހެން ކަމުން މަހެއްގެ މައްޗަށް ޕެންޝަން ސްކީމަށް 143 މިލިއަން ރުފިޔާލިބޭ ކަމަށެވެ.

އެހެން ކަމުން ޕެންޝަން ސްކީމްގެ ފައިދާގެ ގޮތުގައި މިހާތަނަށް 5.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި ޕެންޝަން ސްކީމްގެ ފަންޑު ވެލިއު އަކީ 19 ބިލިއަން ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *